ކުޅިވަރު

ކާމިޔާބު ހޯދަން ބޭނުންވާނަމަ ސްކޮޑު ވަރުގަދަކުރަން ޖެހޭ: އިންޒާގީ


މި ސީޒަންގައި ކާމިޔާބު ހޯދަން ބޭނުންވާނަމަ ލާޒިއޯގެ ސްކޮޑު ވަރުގަދަކުރަން ޖެހޭ ކަމަށް އެޓީމުގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނެފިއެވެ.

އިންޒާގީ ބުނީ ނިމުނު ސީޒަނަށްފަހު ކުލަބުގެ ޓްރާންސްފާ ކަންތައްތަކާއި މެނޭޖްމަންޓާއި އޭނަ ވާހަކަ ނުދައްކާ ކަމަށާއި އެހެންނަމެވެސް އައު ސީޒަނާ ކުރިމަތިލާއިރު ވަރުގަދަ ޓީމުތަކާ ވާދަކޮށް ކާމިޔާބު ހޯދޭނީ ޓީމު އިތުރަށް ވަރުގަދަކޮށްގެންކަމަށެވެ. އޭނާ ބުނީ ނިމިގެން ދިޔަ ސީޒަނަކީ ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ސީޒަނެއްކަމަށާއި، ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހުމުން ސްކޮޑުގައި އެފެންވަރުގެ ކުޅުންތެރިން ނެތްތަން ދެއްކިކަމަށެވެ.

އިޓާލިއަން ލީގުގެ ހަތަރު ވަނައިގައި ނިންމާލި ލާޒިއޯގެ ކޯޗު ބުނީ މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެއް ކަމަށާއި އިޓަލީ ސުޕަ ކަޕާއި 13 އަހަރަށް ފަހު ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަކީ ސީޒަންގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ކަމަށެވެ. އޭނާ ބުނީ ފެންނަފެނުމަށް މިސީޒަންގައި ވެސް އެންމެ ވަރުގަދަކޮށް ފެންނަނީ އޭސީ މިލާން އާއި ޔުވެންޓަސްކަމަށެވެ. އިންޒާގީ ބުނީ އައު ކުޅުންތެރިންތަކެއް ނުހޯދިއްޖެނަމަ މި ސީޒަނުގައި އުނދަގޫތަކާ ކުރިމަތިވާނެކަމަށެވެ.

ދިހަ އަހަރަށްފަހު ސީޓީ ދޫކޮށްލި ޑޭވިޑް ސިލްވާ ލާޒިއޯއާ ގުޅޭނެކަމަށް ބެލެވުނު އިރު އޭނާ ވަނީ ފަހުން ރެއާލް ސޮއިސެއިޑާޑްއާ ގުޅިފައެވެ. ލާޒިއޯއިން ވަނީ ތުރުކީގެ ފެނަބާޗޭގެ ފޯވާޑް ވެޑާޓް މުރުކީއާކު އެއްބަސްވުމަކާއި ހަމައަށް ގޮސްފައެވެ. ކުޅުންތެރިޔާ ކުލަބާ ގުޅޭނީ 20 މިލިއަން ޕައުންޑަކަމަށް އިޓަލީގެ މިޑީޔާ ރިޕޯޓުތައް ބުނެއެވެ.