ވިޔަފާރި

ތެލުގެ އަގު ބޮޑެއް ނުކުރަން- އެސްޓީއޯ


އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް އެކުންފުނިން ބުނެފިއެވެ.

މިއަދު ބައެއް މީޑިއާތަކުގައި އެސްޓީއޯގެ ދަށުން ތެލުގެ ވިޔަފާރިކުރާ ކުންފުނި ފިިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްއިން ބަލްކްކޮށް ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވާކަމަށް ވަނީ ހަބަރުތައް ފަތުރާފައެވެ. ނަމަވެސް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެފްއެސްއެމްއިން ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.

މިދިޔަ މާރޗްމަހު އެފްއެސްއެމްއިން ވަނީ ބާޒާރުގައި ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފައެވެ. މިގޮތުން ޑީސަލްގެ އަގު ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 53 ލާރި ހެޔޮ ކޮށްފައެވެ. މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އޭރު އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ޓްރޯލް ލީޓަރެއް ލިބެން ހުރީ 8 ރުފިޔާ 7 ލާރި އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 8 ރުފިޔާ 71 ލާރި އަަށެވެ.

މިއީ މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ހެޔޮކުރި ހަތަރު ވަނަ ފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.