ޚަބަރު

ގެރިބަކަރި ހިފައިގެން ދަތުރުކުރި ބޯޓެއް ބަނޑުންޖަހާލައި 49 މީހުން ގެއްލިއްޖެ


ގިނަ ޢަދަދެއްގެ ގެރިބަކަރި ހިފައިގެން ނިއުޒީލެންޑުން ޗައިނާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަނޑުގަދަވުމުގެ ސަބަބުން ބަންޑުން ޖަހާލައި 40އަށްވުރެ މީހުން ގެއްލިއްޖެއެވެ.

އީސްޓު ޗައިނާ ސީގައި ދަތުރުކުރަމުންދިޔަ ބޯޓު ބަންޑުންޖަހާލިއިރު ބޯޓުގައި 6،000އަށްވުރެ ގިނަ ގެރިބަކަރި ހުއްޓެވެ. ކަނޑުގަދަވުމުގެ ސަބަބުން ހާލުގައި ޖެހުމުން އެ ބޯޓުންވަނީ ޖަޕާނުގެ އަމާމީ އޮޝިމާ ކިޔާ ރަށެއް ކައިރިން އެހީތެރިކަމަށް އެދިފައެވެ. ބޯޓު ބަންޑުން ޖަހާލުމުގެ ކުރިން އެ އުޅަނދުގެ އެއް އިންޖީނު ހަލާކުވެފައިވާކަމަށް ޖަޕާނުގެ ކޯސްޓު ގާޑުން ބުންޏެވެ.

ހާދިޘާގައި ގެއްލިފައިވާ މީހުން ހޯދުމަށް ތިން ބޯޓާއި ހަތަރު މަތިންދާބޯޓުގެ އިތުރުން ޑައިވަރުން ހަރަކާތްތެރިވަމުންދާކަމަށް ޖަޕާނުގެ ކޯސްޓު ގާޑުން ބުންޏެވެ. 43 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ބޯޓުން މިހާތަނަށް ސަލާމަތްކުރެވިފައިވަނީ އެންމެ މީހެކެވެ.