ކުޅިވަރު

މެޑްރިޑް ދޫކޮށްލައިފިނަމަ ގުޅޭނީ ޕްރިމިއަރ ލީގުގެ ކްލަބަކާ: ބޭލް


ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށްލައިފިނަމަ އޭނާ ގުޅޭނީ ޕްރިމިއަރ ލީގުގެ ކުލަބަކާ ކަމަށް ގެރެތް ބޭލް ބުނެފިއެވެ.

ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނާއި ގުޅުން ގޯސްވުމުގެ ސަބަބުން ޓީމުން ފުރުސަތު ނުލިބުމުގެ މައްސަލައިގައި ޒިދާން ބުނަމުން ދިޔައީ ބޭލް ރެއާލްއަށް ކުޅެން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ބޭލް ބުނަމުންދިޔައީ އޭނާ ޓީމުގައި މަޑުކުރަން ބޭނުންވާކަމަށެވެ. ލޮކްޑައުންއަށްފަހު ފުޓްބޯޅަ އަލުން ފެށުމުން ބޭލްއަށް ފުރުސަތު ލިބިފައިވަނީ އެންމެ ދެ މެޗުންނެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ފިންލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ބޭލް ބުނީ އެހާ މަދު މެޗުތަކުން ފުރުސަތު ލިބުނު ނަމަވެސް ގައުމީ ޓީމުން ފުރުސަތު ލިބުމުން އޭނާ އެކަން ބަލައިގަންނަ ކަމަށެވެ. އޭނާ ބުނީ މެޑްރިޑުން އޭނާ ދޫކޮށްލާނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ކްލަބުން އޭނާ ދޫކޮއްލައިފަ ދެން ފެނުން އެންމެ ގާތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބަކުންކަމަށް ބޭލް ބުންޏެވެ.

މީގެ ކުރިންވެސް ބޭލް ވަނީ މެޑްރިޑް ދޫކޮށް ޗައިނާ ލީގަށް ބަދަލުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެފަހަރު އެކަން ނާކާމިޔާބުވީ މެޑްރިޑުން އެކަމަށް ހުރަސް އެޅުމުންނެވެ. އެނާ ބުނީ ކުރިޔައޮތް ދުވަސްތަކުގައި ކަންތައްތައް ވާނެގޮތެއް ނޭންގެކަމަށާއި އޭނާ ކުލަބު ދޫކޮށްލުމުގެ މަސައްކަތަށް މެޑްރިޑުން ރަނގަޅު ގޮތެއް ހަދައިދޭންޖެހޭކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަރު މެޑްރިޑުން ކަންތައް ކުރާގޮތުން ޑީލްކުރަން އެހާ ފަސޭހަ ނޫންކަމަށްވެސް ބޭލް ބުންޏެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ވަނީ މެޑްރިޑަށް ކުޅުނު 83 މެޗުގައި 33 ލަނޑު ލަނޑު ޖަހާފައެވެ.