ވިޔަފާރި

މިއަހަރުގެ ނިޔަލަށް ފަސްމީރު މަސްދަޅު އަގުހެޔޮކޮށް ވިއްކުމަށް ނިންމައިފި


މިއަހަރުގެ ނިޔަލަށް އަގުހެޔޮކޮށް މިފްކޯގެ ފަސްމީރު މަސްދަޅު ވިއްކުމަށް ނިންމައިފިއެވެ.

މިފްކޯއިން ބުނީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ގިނަ ބައެއްގެ މާލީ ހާލަތު ދަށްވެގެން ދިއުމުގެ ސަބަބުން މަސް ދަޅުގެ އަގަށް މާރޗްމަހު ގެނައި ހެޔޮ ބަދަލު މި އަހަރުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާކަމަށެވެ.

މިފްކޯއިން ދަޅު މަހުގެ އަގު ހެޔޮ ކޮށްފައި ވަނީ މާޗްމަހުއެވެ. އެގޮތުން ކުރިން 48 ދަޅުގެ ތެޔޮމަސް ކޭހެއް 680 ރުފިޔާއަށް ހުރިނަމަވެސް މިއަގު ވަނީ 640 ރުފިޔާއަށް ދަށްކޮށްފައެވެ. އަދި 48 ދަޅުގެ ފެން މަސް ކޭސްވެސް ވަނީ 645 ރުފިޔާއިން 595 ރުފިޔާއަށް އަގުހެޔޮކޮށްފައެވެ.

މިފްކޯގެ މަސްދަޅު ކޭހާއި އެހެނިހެން މަހުގެ ބާވަތްތައް މާލެއާއި ހުޅުމާލޭގައި ހުރި މިފްކޯ މަސްފިހާރައިގެ އިތުރުން މިފްކޯގެ މަސްވެރިންގެ މެރީން ޝޮޕްތަކާއި މިފްކޯއައިސް ޕްލާންޓްތަކުން ލިބެންހުންނާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ފަސްމީރު ބްރޭންޑުގައި މިފްކޯ އިން ދަނީ ފެން މަހާއި ތެޔޮ މަހުގެ އިތުރުން ތަފާތު ރަހަތަކުގެ ދަޅުމަސް ވިއްކަމުންނެވެ.