ކުޅިވަރު

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް އެލްޓީއަށް


23 އެމްބިއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް
އެލްޓީ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ.

އެލްޓީ މިމެޗް ކާމިޔާބުކުރީ ވިޔަންސާއާއި
ވާދަކޮށް ހަތްދިހަ ހަތް ޕޮއިންޓް، ތިރީސް އަށް ޕޮއިންޓުންނެވެ. މެޗްގެ މޮޅު
ކުޅުންތެރިއަކީ އެލްޓީގެ މުހައްމަދު ލަޔާންއެވެ. ލަޔާންވަނީ މިމެޗްގައި އެލްޓީއަށް
ބާރަ ޕޮއިންޓް ހޯދާދީފައެވެ. 

މިމުބާރާތުގައި މިއަދު ދެ މެޗެއް ކުޅުމަށްވަނީ
ހަމަޖެހިފައެވެ. އެގޮތުން މިރޭ ހަތެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި
ބައްދަލުކުރާނީ ދަ ބައުސްއާއި އެލްކިއު ސްޕޯޓްސްއެވެ. އަދި ނުވަގަޑިބައިގައި ފެށުމަށް
ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ކުޑަ
ހެންވޭރު ޔުނައިޓަޑްއެވެ.