ކުޅިވަރު

އުފާވަނީ ވަރުގަދަ ޕްރެޝަރެއް ލިވަޕޫލަށް ދެވުމުން: އާޓެޓާ


އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލްގެ މައްޗަށް ކުރި ހޯދުމަށްވުރެއް ބޮޑަށް އުފާވަނީ ލިވަޕޫލަށް ދެވުނު ޕްރެޝަރާ މެދުކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މެޗަށްފަހު ވާހަދައްކަމުން އާޓެޓާ ބުނީ މި ކާމިޔާބީގެ ސިއްރަކީ ކުޅުންތެރިން ދެއްކި ހިއްވަރާއި ކުރި ބުރަ މަސައްކަތްކަމަށެވެ. އާޓެޓާ ބުނީ މިއަދު އަނެއްކާވެސް އާސެނަލް ކުރިމަތިލީ އައު އުއްމީދުތަކަކާއެކު އައު ޗެލެންޖަކަށްކަމަށެވެ. އެހެންކަމުން ސީޒަންގެ ފެށުން ކާމިޔާބުކުރެވުމުން އިތުބާރު ލިބިއްޖެކަމަށް އާޓެޓާ ބުންޏެވެ.

އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ބުނީ މެޗު ކާމިޔާބުކޮށް ޝީލްޑް އުފުލާލުމަށްވުރެ އޭނާ އެންމެ އުފާވީ އާސެނަލްގެ ކުޅުންތެރިން ލިވަޕޫލަށް ދިން ޕްރެޝަރ ކަމަށެވެ. ދެވަނަ ހާފްގައި ކުޅުން ދަށްވިނަމަވެސް އެކަން އެހެންވާނެކަމަށް ކުރިންވެސް އޭނާއަށް އެނގޭކަމަށް ކުރިން ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ޒުވާން ގިނަ ކުޅުންތެރިންނާއެކު ނުކުމެ އާސެނަލުން ސާބިތުކޮށްދިނީ އަދިވެސް ލިވަޕޫލް ކަހަލަ ވަރުގަދަ ކުލަބުތައް ބަލިކުރެވޭ ފެންވަރު އެޓީމުގައި ހުރިކަން ކަމަށެވެ. ވޭތުވެދިޔަ 8 މަސްތެރޭގައި ދެތަށި އާސެނަލްއަށް ހޯދައިދިން ކޯޗު ބުނީ ޕެނަލްޓީއަށް ކުޅުންތެރިން ދިޔައީ ވަރަށް ޔަގީންކަން އޮވެ ސާބިތުވެ ތިބެކަމަށެވެ.

މިއީ ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލުން ކާމިޔާބުކުރި 16 ވަނަ ފަހަރުއެވެ.