މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ފިހާރަތައް ހެނދުނު 6:00އިން ފެށިގެން ހުޅުވާގޮތަށް ހަމަޖައްސަވައިފިއެވެ.
ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ހެނދުނު 9:00އިން ރޭގަނޑު 21:30 އަށް މާލެ ސަރަޙައްދުގެ ފިހާރަތައް ހުޅުވުމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލުގެނެސް ހެނދުނު
6:00އިން ފެށިގެން އެތަންތަން ހުޅުވާގޮތަށް ހަމަޖައްސަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަޙައްދުގައި އެޅި ފިޔަވަޅުތަކާއެކު ފިހާރަތައް 9:30 ގައި ބަންދުކުރުމަށް ނިންމީ މިމަހުގެ 23ވަނަ ދުވައެވެ. އަދި ރޭގަނޑު އަށަކުން 10 އަކަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު ފިހާރަތައް ބަންދުކުރުމަށްފަހު އަވަހަށް ގެއަށް ދިޔުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. ރޭގަނޑު 8 އިން ފެށިގެން ދުއްވާ އެއްޗެހި ދުއްވުން މަނާވި ނަމަވެސް ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓުތަކުގެ ޚިދުމަތްތައް ލިބޭގޮތައް އޮތީ ހަމަޖެހިފައެވެ.
ނަވަމެސް މިބަދަލާއެކު ފިހާރަތަކާއި އެހެނިހެން ވިޔަފާރިތަކައް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އެތަންތަނުން ދަނީ ހާމަކުރަމުންނެވެ،
ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިރެއިން ފެށިގެން މަނާވާނެއެވެ. ފުލުހުން ދަނީ މިވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާމެދު ނަސޭހަތްތެރިވެ ކުށްތަކުރާރުވާނަމަ ފިޔަވަޅު އަޅަމުންނެވެ.