ވިޔަފާރި

އިންޑޯމިލްކް ރާއްޖޭގައި ވިއްކާތާ 20 އަހަރު ފާހަގަކުރުމަށް ހާއްސަ ޕްރޮމޯޝަނެއް


އެމް ޔޫ ސްޓޯރގެ ފަރާތުން ރާއްޖެއަށް އިންޑޯމިލްކު އިންޕޯރޓްކުރާތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އިންޑޯމިލްކު ލަކީ އިސްޓިކަރ"ގެ ނަމުގައި ކުރިޔަށްގެންދާ މި ޕްރޮމޯޝަނަކީ އިންޑޮނޭޝިއާގެ ކާބޯތަކެތި އުފެއްދުމަށް އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އިންޑޯ ފުޑްސް އާއި އެމް ޔޫ ސްޓޯރާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި އިންޑޯމިލްގެ ޕެކެޓް ގަނެގެން ވަގުތުން ފައިސާގެ އިނާމު ލިބޭނެކަމަށް އެމް ޔޫ ސްޓޯއިން މައުލޫމާތުދެއެވެ.

ފައިސާ ލިބޭނީ "އިންޑޯމިލްކު ލަކީ އިސްޓިކަރ" ހަރުކުރެވިފައި ޕެކެޓް ގަންނަވާ ފަރާތްތަކަށެވެ. މި ސްޓިކާ ޖަހާފައި އިންނާނީ އިންޑޯމިލްކް ޕެކެޓުގެ ފުލުގައެވެ. އެމް ޔޫ ސްޓޯއިން ބުނީ އެކުންފުނިން އުންމީދު ކުރަނީ މި ސްޓިކާ ޖެހި ޕެކެޓްތައް މަދުވެގެން ހަފުތާއަކު 4 ބޭފުޅަކަށް ލިބޭނެކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މި އޮގަސްޓް މަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

އިންޑޯމިލްކްއަކީ އިންޑޮނީޝިއާގެ ޑްރޭޓަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔެއްގެ ދަށުން 1967 ވަނަ އަހަރު އުފެއްދި ޕީޓީ އިޑަލަކްޓޯ ކުންފުނިން ތައްޔާރުކުރާ ބުއިމެކެވެ. މިކުންފުނިން އެކި ރަހަތަކުގެ ދިޔާ ކިރުގެ އިތުރުން މިލްކް ޕައުޑަރވެސް ދަނީ ތައްޔާރުކުރަމުންނެވެ.