ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ރޭ ފަތިހު 5:15 ގައި ނިޔާވެފައި ވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެއްކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. މި މީހާ ނިޔާވުމާއި އެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

މިހާރުވެސް 171 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ނަޒްލާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި 5 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށާއި، އޭގެ ތެރެއިން 3 މީހަކު ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުންދާކަމަށެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 159 ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން 5 މީހަކު އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، 2 މީހަކު ވެންޓިލޭޓަރަަށް ލާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.