ޚަބަރު

ސިނަމާލެ ބްރިޖްގައި 5 ސައިކަލެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފި


ސިނަމާލެ ބްރިޖްގައި 5 ސައިކަލެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މިރޭ 19:50 ހާއިރު ސިނަމާލެ ބްރިޖް ސައިކަލު ލޭންގައި މަޑުކޮށްގެންއިން އިން ސައިކަލެއްގައި ދުއްވާފައި އައި އެހެން ސައިކަލެއް ޖެހުމުންކަމަށެވެ. އަދި ދުއްވާފައި އައި ސައިކަލުގެ ފަހަތުން އައި އިތުރު ތިން ސައިކަލެއްވެސް މަޑުނުކުރެވުމުން އެކްސިޑެންޓްވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި މި ސައިކަލުތަކުގައި ތިބި 5 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު، މިމީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެހެންނަމަވެސް، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ. މި އެކްސިޑެންޓްގައި 3 ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މީގެ އިތުރުން އެކްސިޑެންޓް ވި އެއް ސައިކަލު، އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ވަނީ ގޮސްފައެވެ. މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.