ޚަބަރު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަންކުރަން އިމާދުގެ ނަން ކޮމިޓީއަށް


މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަންކުރުމަށް، އޭނާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް އަހްމަދު އިމާދުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާއިރު، އޭނާގެ ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް، ސީއެމްޑީގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ 2 ދައުރު އެމަޤާމު ފުރުއްވާފައެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރަން ފޮނުއްވި އިމާދު ވަނީ، އިނގިރޭސީވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިއާއިންވެސް އޭނާ ވަނީ ހަަމަ އެ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލުކުރައްވާފައެވެ.