ކުޅިވަރު

އެފްއޭއެމް އިންތިޚާބުގައި ވޯޓް ލުމުގެ ހައްޤު 44 ކްލަބަކަށް




އެފްއޭއެމްގެ ކުރިއޮތް އިންތިޚާބްގައި
ވޯޓްލެވޭ ކުލަބްގެ އަދަދު ސާޅީސް ހަތަރަކަށް ބަދަލްކޮށްފި.

މިއަދު ހޮޓެލް ޖެންގައި
ކުރިއަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު
ނޫސްވެރިންނަށް މަޢުލުމާތުދެއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު
ޝަވީދް ވިދާޅުވީ ކުރިން އެފްއޭއެމްގެ އިންތިހާބްގައި ވޯޓް ލުމުގެ ހައްގު
ލިބިގެންވާ 13 ކުލަބްގެ ބަދަލްގައި އަލަށް އަސާސީ ގަވާއިދަށް މިގެނައި ބަދަލާ
ގުޅިގެން 44 ކުލަބަކަށް ވޯޓް ލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި މިއާއެކު ފުޓްބޯޅަ އިދާރާ ހިންގުމުގެ ބާރު މުޅި ރާއްޖެއަށް ލިބިގެންދާނެކަމަށް
ގަބޫލްކުރައްވާ ކަމަށް ޝަވީދް ވިދާޅުވިއެވެ.

އަލަށް އަސާސީ ގަވާއިދަށް މިގެނެވުނު ބަދަލާއެކު
އަތޮޅުތަކަށްވެސް ފުޓްބޯޅައިގައި ބަސްކިޔޭނެކަމަށާއި، ހާއްސަކޮށް ކޮންގްރެސްގައި
ވޯޓް ދިނުމުގެ ހައްޤުވެސް އެފަރާތްތަކަށް ލިބިގެންދާނެކަމަށް ޝަވީދް ވިދާޅުވިއެވެ.
ކުރިއަަށް އޮތް އެފްއޭއެމް އިންތިޙާބް ބޭއްވުމަށް މިއަދު އެކްސްޓްރާ އޯޑިނަރީ
ކޮންގްރެސްގައިވަނީ އިލެކްޓޯރަކް ކޮމެޓީއަކާ އިލެކްޓޯރަލް އެޕީލް ކޮމެޓީއެއް
އައްޔަންކޮށްފައެވެ.

މީގެ އިތުރުން އަންނަނަ ހަފްތާގައި އެފްއޭއެމްގެ އިންތިޙާބް
ބާއްވާނެ ދުވަހެއް އިޢުލާން ކުރެވޭނެކަމަށްވެސް އެފްއޭއެމްގެ ނޯމަލައިޒޭޝަން
ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދް ވިދާޅުވިއެވެ.





"
އެފްއޭއެމްގެ މިހާރު ވިސްނުންހުރީ މިއަދުން ފެށިގެން އަމަލްކުރަމުންދާ އަސާސީ
ގަވާއިދުގައި ފުރިހަމަ ކުރަންޖެހޭ ކަންތަށްތަށް މިއަދު ފެށިގެން ވިހާވެސް
އަވަހަކަށް ފުރިހަމަ ކުރުން. އަޅުގަނޑުމެން ބޭނުންވަނީ ފީފާގެ ފަރާތުން މާބޮޑު
މުއްދަތެއް ލިބުމުގެ ބަދަލްގައި އެކަންކޮށް ވިހާވެސް އަވަހަކަށް އިންތިޙާބަށް
ދާން. މިހާރުވަނީ އިލެކްޓޯރަކް ކޮމެޓީއަކާ އިލެކްޓޯރަލް އެޕީލް ކޮމެޓީއެއް އައްޔަން ކުރެވިފަ" ޝަވީދު ވިދާޅުވިއެވެ.

 ޝަވީދް އިތުރަށް ވިދާޅުވީ
އެފްއޭއެމްއަށް ލިބިގެންވާ ބައެއް ބާރުތަށްވެސް މިހާރުވަނީ މިއަސާސީ ގަވާއިދާއެކު
ކުލަބްތަކަށް ދޫކޮށްލެވިފަކަމަށެވެ. އޭގެތެރެއިން ޑިސްޕްލިނަރީ ކޮމެޓީ، އެޕީލް
ކޮމެޓީ އަދި ފައިނޭޝަލް ކޮމެޓީގެ އިތުރުންވެސް އެފްއޭއެމްގެ ދަށުން ހެދޭ ބައެއް
ކަހަލަ ކޮމެޓީތަށް މީގެފަހުން އުފެދިގެންދާނީ ކޮންގްރެސްއިން ފާސްކުރެވިގެންކަމަށް
ޝަވީދް ވިދާޅުވިއެވެ.