ވިޔަފާރި

ދިރާގުން ސެމްސަންގ އެންމެ ފަހުގެ ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި


ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ އޯޑަރކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ބުނީ އެކުންފުނި މެދުވެރިކޮށް މި ފޯނުތައް ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެކަމަށެވެ. އަދި ހަމައެއާއެކު، ނޯޓް 20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ "ގެލެކްސީ ބަޑްސް ޕްލަސް" އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރކުރާ ކަސްޓަމަރުންނަށް "ގެލެކްސީ ބަޑްސް ލައިވް" ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނިއެވެ. މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ.

ދިރާގުން ގެލެކްސީ ނޯޓް 20 5ޖީގެ ފޯނުތައް ތަފާތު 2 ކުލައެއްގައި ލިބިގެން ދާނެއެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީންއެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެއެވެ. މި ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުއެވެ.

ސެމްސަންގެ އެންމެ ފަހުގެ މި ފޯނު ތަކަކީ އެކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި ފޯނުތަކެވެ. ސެމްސަންގުން ހާމަކުރާ ގޮތުގައި މި ދެފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެކަމަށާއި މި ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވަރ ޔޫސަރސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށް ދިރާގުން ބުނެއެވެ. މީގެ އެއް ހެއްކަކީ މީ ފޯނުތަކުގެ ޑިސްޕްލޭތަކެވެ. ސެމްސަންގް ގެލެކްސީ ނޯޓް20ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނައިރު އަލްޓަރާ 20 5ޖީގެ ސްކްރީން ސައިޒަކީ 6.9 އިންޗިއެވެ.