ޚަބަރު

މާލެއިން ދެކުނަށް އުދަ އަރާނެކަމަށް ލަފާކޮށް އެލަރޓް ނެރެފި


ދިޔަވަރުބޮޑުވާ ވަގުތުގައި މާލެއިން ފެށިގެން ދެކުނުގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މުސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުދައަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން ސ.އަތޮޅުގެ ރަށްތަކަށެވެ.

ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:45އިން އިރުއޮއްސި 06:00އާއި ހަމައަށެވެ.

އޮއެވަރާއި ދިޔަވަރަށް އަންނަ ބަދަލާއިއެކު މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަނީ އުދައަރަމުންނެވެ. އިއްޔެ މާލެއަށްވެސް އުދައަރާ ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެފައިއެވެ.

އަދި ދެކުނުގެ ބައެއް ރަށްތަކަށް އިއްޔެވެސް އުދަ އެރުމުގެ ސަބަބުން ގޭގެއަށާއި މީހުންގެ މުދަލަށްވެސް ގެއްލުންވެފައި ވެއެވެ.