ކުޅިވަރު

ހަތް އަހަރު ކުރިން ތިން ތަށި ހޯދި ޓީމަށްވުރެ މި ޓީމް މާ މޮޅު: ނޯޔާ


މީގެ ހަތް އަހަރުކުރިން ތިން ތަށި ހޯދި ޓީމަށްވުރެ މިހާރު ބާޔާންގައި ތިބި ކުޅުންތެރިން ހުނަރުގެ ގޮތުން ވެސް މޮޅުވެފަ ތަފާތުކަމަށް އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ ބުނެފިއެވެ.

މީގެ ހަތްއަހަރު ކުރިން އިނގިރޭސިވިލާތުގެ ވެންބްލީގައި ކުޅުނު ފައިނަލު މެޗު ކާމިޔާބުކޮށް ބަޔާނުން ފަސްވަނަ ފަހަރަށް ތަށި އުފުލާލީ ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްއެވެ. އެފަހަރުގެ ފައިނަލުގައި ކުޅުނު މިހާރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ޑޭވިޑް އަލްބާ، ޖޯރިމް ބޯޓެންގް، ތޯމަސް މުލާގެ އިތުރުން މެނުއަލް ނޯޔާއެވެ.

ނޯޔާ ބުނީ މި ސީޒަންގެ ލީގުގެ އިތުރުން ޖަރުމަނު ކަޕު ކާމިޔާބުކުރި ބަޔާން މިއުނިކްގެ މިހާރު މިއޮތް ޓީމުގެ މުޅި ސްކޮޑުވެސް މާ ވަރުގަދަވެފަ މޮޅުކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ފްލިކް ޓީމާ ހަވާލުވުމުން ޓީމު އިތުރަށް ވަރުގަދަވި ކަމަށާއި ސީޒަންގެ ކުރީ ކޮޅު ނަތީޖާ ރަނގަޅު ނުވި ނަމަވެސް ފްލިކް ހަވާލުވެ ޓީމު ކޮންމެ މެޗަކަށްވެސް އޭނާ ނެރެނީ ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ. އޭނާ ބުނީ މުޅި ޓީމުގެ ޕްލޭނެއްވާ ކަމަށާއި އެކަން ޓީމުން ދައްކަނީ މެޗުތަކުގައި ދަނޑުމަތިން ކަމަށެވެ. 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގު ބަޔާނުން ފަސް ވަނަ ފަހަރަށް ހޯދި އިރު ނޯޔާ އަކީ ކާމިޔާބީގެ މުހިންމު ކުޅުންތެރިއެކެވެ.