ކުޅިވަރު

ވޭވަށް ތިންވަނަ މެޗުންވެސް މޮޅު


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި ވޭވަށް ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. މުލަކު އަތޮޅުގައި ވޭވަށް ތިންވަނަ މެޗު ކާމިޔާބުކުރީ މިއަދު މުލަކާއި ވާދަކޮށް ދެ ލަނޑު އެއް ލަނޑުންނެވެ. މިމެޗު ކުޅުނީ މުލަކުގައެވެ.މުބާރާތުގެ ރ.އަތޮޅުގެ ކުޅުން މިއަދު ވަނީ ފަށާފައެވެ. އިންނަމާދޫއާއި ވާދަކޮށް މީދޫ ވަނީ ތިން ލަނޑު ދެ ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗު ކުޅުނީ މީދޫގައެވެ. އުނގޫފާރާއި ވާދަކޮށް އެކެއް ސުމަކުން މެޗު ކާމިޔާބުކުރީ އަނގޮޅިތީމެވެ. މިމެޗު ކުޅުނީ އުނގޫފާރުގައެވެ.