ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުން ކޮށްފައިވާ ބައެއް މުޢާމަލާތްތަކަށް ދެފަހަރަށް ފައިސާ ކެނޑިފައިވާތީ އެބޭންކުން ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.
ބީއެމްއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޑެބިޓް ކާޑުން ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިގޮތަށް ދިމާވި މައްސަލަ މިވަނީ ހޯދިފައިކަމަށާ، ވީހާވެސް އަވަހަކަށް މިކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި މިކަމާ ގުޅިގެން ބީއެމްއެލްއިންވަނީ ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދިފައެވެ.