ކުޅިވަރު

ހުވަދު އަތޮޅުގެ މެޗުތައް ހޯމަ އަންގާރައަށް


ވިއްސާރައިގެ ސަބަބުން މިނިވަން ފަންސާސް ޗެމްޕިއަންޝިޕް، ހުވަދު އަތޮޅުގެ މެޗުތައް ހޯމަ އަންގާރައަށް ފަސްކޮށްފިއެވެ. ވިއްސާރައިގެ ސަބަބުން ފަސްކުރީ ގދ އަތޮޅުގެ ދެ މެޗާއި، ގއ. އަތޮޅުގެ ދެ މެޗެވެ. ގދ.އަތޮޅުގައި މިއަދު ކުޅެން އޮތް ފަރެސްމާތޮޑާއާއި ހޯޑެއްދޫގެ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އަދި މާދަމާ ކުޅެން އޮތް ތިނަދޫއާއި ގައްދޫ ވާދަކުރާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.މިއަދު ފަށަން އޮތް ގއ. އަތޮޅުގެ ފުރަތަމަ މެޗު ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެއީ ކޮނޑޭއާއި ގެމަނަފުށި ވާދަކުރާ މެޗެވެ. މިމެޗު ކުޅޭނީ ކޮނޑޭގައެވެ.