ވިޔަފާރި

ކޯކާކޯލާ ޒީރޯގެ ނަމުގައި އާ އުފެއްދުމެއް ބާޒާރަށް ނެރެފި


ރާއްޖޭގައި ހިންގަމުން އަންނަ ކޮކާކޯލާ ކުންފުނިން ކޯކާކޯލާ ޒީރޯގެ ނަމުގައި ކޮކާކޯލާގެ އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.ކޮކާކޯލާ ޒީރޯގެ ނަމުގައި އިއްޔެ ބާޒާރަށް ނެރުނު ކޮކާލޯގެ މި ފުޅިއަކީ އެއްގޮތަށްވެސް ހަކުރު ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެއްކަމަށް ކޮކާކޯލާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.ސިޓްރޮންގައި އޮތް ހަފުލާއެއްގައި މި ބުއިން ރާއްޖެއަށް ތައާރަފްކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތެވެ.ކޮކާކޯލާ ޒީރޯ އަކީ ކަސްރަތު ކުރާ ފަރާތްތްތަކާއި އަދި ޑައެޓް ކުރާ ފަރާތްތަކަށްވެސް ބޭނުންކުރެވިދާނެ ބުއިމެއްކަމަށް ކޮކާ ކޯލާ ކުންފުނިން މައުލޫމާތުދެއެވެ. ރާއްޖޭގައި ކޮކާ ކޯލާ ޒީރޯ ވިއްކަނީ 300 އެމްއެލް ފުޅިއާއި 500 އެމްއެލްގެ ފުޅިއެވެ. މިއީ ކޮކާ ކޯލާއިން ރާއްޖޭގައި ވިއްކަން ފެށި 11 ވަނަ ބްރޭންޑެވެ.ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 25،000 މީހުންނަށް މި ބުއިމުގެ ރަހަ ދެއްކުމަށް ޚާއްސަ ކެމްޕެއިނެއް ހިންގާނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.