ކުޅިވަރު

ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ




ރަޙްމަތްތެރިކަމުގެ
މެޗްގައި ދިވެހިރާއްޖެއާ ޕިލިޕީންސް ބައްދަލުކުރި މެޗް ދޭއް ސުމަކުން ދިވެހިރާއްޖެ
ބަލިވެއްޖެ. ފިލިޕީންސްގެ ވެރިރަށް މެނީލާގެ ރިޒްލާ މެމޯރިއަލް ސްޓޭޑިއަމްގައި
ކުޅުނު މިމެޗްގައި ފުރަތަމަ ހާފު ނިމުނީ ދެ ޓީމްއަށްވެސް ލެނޑެއް ނުޖެހިއެވެ.



މެޗްގެ
ފުރަތަމަ ހާފް ސުމެއް ސުމަކުން ނިމުނު ކަމުގައި ވީނަމަވެސް ދެވަނަ ހާފްގައި
ޕިލިޕީންސްއިންވަނީ ދެ ލަނޑު ޖަހާފައެވެ. ފިލިޕީންސްގެ ފުރަތަމަ ލަނޑު ލަނޑަކީ
ރާއްޖޭގެ ސަމްދޫޙު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިލަނޑު ސަމްދޫޙު އަތުން
ވަދެފައިވަނީ ޕިލިޕީންސްއިން ނެގި ކޯނަރެއް ދިފާާޢު ކުރުމަށް އުޅުމުގެ ތެރޭގައެވެ.



ޕިލިޕީންސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފަންސާސް ހަވަނަ
މިނެޓްގަ ޖެރީ ލުކޭނާއެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ފިލިޕީންސް
ޓީމުންކަން ފާޙަގަކޮށްލެވެއެވެ. އެގޮތުން ފިލިޕީންސްއިން ގިނަ ޗާންސްތަކެއް
އުފެއްދިއިރު ރާއްޖެއަށް ފިލިޕީންސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ
ތިންވަރަކަށް ހަމަލާއެވެ.



މިމެޗަކީ ވޯލްޑްކަޕް ކޮލިފައިންގައި މިމަހު އަށް ވަނަ
ދުވަހު ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗްއަށް ތައްޔާރުވުމުގެ
ގޮތުން ކުޅުނު މެޗެެކެވެ. ގައުމީ ޓީމް މިހާރު ޕިލިޕީންސްގައި ކުރަމުންދާ
ކޭމްޕްގައިވަނީ އެގައުމުގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމުގައިވާ ސްޓޭލިއޯން އެފްސީއާއެކު
މެޗެއް ކުޅެފައެވެ. މިމެޗް ނިމިފައިވަނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ.