ރ އަތޮޅު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައި ވަނީ، މިއަދުގެ ހެނދުނު 8:43 ހާއިރުގައި ކަމަށެވެ.
މިގޮތުން މަސްވެރިއެއްގެ ލޮލަށް ބުޅި ހެރިގެން އެހީތެރިކަމަށް އެދިފައި ވަނީ، ރ އުނގޫފާރުގެ 48 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ އާއިލާ ދޯނިން ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގައި ލޮލަށް ބުޅިހެރި އަނިޔާވެފައި ވަނީ އެދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަނިޔާލިބުނު މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މަސްވެރިން ކުރުމުގެ ތެރޭގައި މަސްވެރިންގެ ލޮލުގައި ބުޅިއަޅައިގަތުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.