ވިޔަފާރި

"އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަން"ގެ މުއްދަތު އިތުރުކޮށްފި


"އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަން"ގެ މުއްދަތު ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެންޒީގެ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަން" އަކީ ފެބްރުއަރީ 15 އިން ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަން އޮތް ޕްރޮމޯޝަނެކެވެ. އެހެން ނަމަވެސް ޕްރޮމޯޝަންއަށް ލިބެމުންދާ ތަރުޙީބުގެ ބޮޑުކަމުން ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރާއި ހަމައަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެންޒީން މަޢުލޫމާތުދެއެވެ.

މިޕްރޮމޯޝަންގެ ދަށުން "އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް" ޖަހާފައިވާ މަސްދަޅެއް ގަނެގެން ލޭބަލް ކޮޅު ނައްޓާލެއްވުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަމްބަރު 5040އަށް އެސް.އެމް.އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މިޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ހޮވޭ ލަކީ ޑްރޯއިން 3 ފަރާތަކަށް ފައިސާގެ އިނާމު ލިބިގެން ދާނެއެވެ. ފްރޮމޯޝަންގައި ކޮންމެ މަހަކު ތިން ނަސީބުވެރިން ހޮވައެވެ. މިގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 10 ހާސް ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 5 ހާސް ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 1 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ.

މިޕްރޮމޯޝަންގެ ދަށުން 15 ފެބްރުއަރީއިން 31 ޑިސެމްބަރުގެ ނިޔަލަށް އެސް.އެމް.އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނަގާނެއެވެ. ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި އެއްލައްކަ ރުފިޔާ، 50 ހާސް ރުފިޔާ އަދި 30 ހާސް ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

އެންޒީން ބުނީ މި ޕްރޮމޯޝަންގެ ދަށުން އޭޕްރީލް، މެއި، ޖޫން އަދި ޖުލައިމަހުގެ ލަކީ ޑްރޯ މިމަހުގެ 15 ވަނަ ދުވަހު ނަގާފައިވާކަމަށެވެ. އަދި އޭޕްރިލް މަހުން ފެށިގެން ލަކީ ޑްރޯ ނެގުން ލަސްވެފައިވަނީ ކޯވިޑްގެ ސަބަބުން ކަމަށެވެ.