ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެއެވެ.
މިދިޔަ ހަފްތާގެ ހޯމަދުވަހުގެ އިރުއޮއްސުނު ވަގުތު، ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ، އެމްއޭސީއެލްގައި ވަޒީފާއަދާކުރަމުން ދިޔަ އެކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދެވެ. އޭނާ ނިޔާވެެއްޖެކަން އެމްއޭސީއެލްއިން ކަށަވަރުކޮށްދީ ބުނެފައި ވަނީ އޭނާއަކީ، 26 އަހަރުގެ ދިގު މުއްދަތެއްގައި އެކުންފުންޏަށް އިހްލާސްތެރިކަމާއި އެކު ޚިދުމަތްކޮށްފައިވާ މުވައްޒަފެއް ކަމަށެވެ. އެމްއޭސީއެލުން ވަނީ އިސްމާއިލް ރަޝީދު ނިޔާވުމުގެ ހިތާމައިގައި އެއާއިލާއަށް ތައުޒިޔާވެސް ފޮނުވާފައެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް އޭނާއަށް ފަރުވާދެމުން އައީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، މި އޮގަސްޓް މަހުގެ 10 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރުގައެވެ. އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަނުގައި ރޯވި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައެވެ.
ޢަލީ
ދިވެހިންގެ އަބުރަކީ އަގުބޮޑު އެއްޗެއް. ޥަޒީފާގަ އުޅެނިކޮށް މަރުވީމަ ލިބޭބަދަލެއް އޮވޭބާ.