ޚަބަރު

26 މީހުންނާއިއެކު ފަރަށް އެރި ދޯންޏަށް އެހީވަނީ


26މީހުންނާއިއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިގެން އެހީވާންފަށައިފިއެވެ. "އަސްދާން" ނަމަކަށްކިޔާ ދޯނި ފަރަށް އަރާފައިވަނީ ވ.ރަކީދޫ އިރުން 2 ނޯޓިކަލް މޭލު ބޭރަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފްއާއި ފުލުުންދަނީ ދޯންޏަށް އެހީވުމަށް އަދިވެސް މަސައްކަތްކުރަމުންނެވެ. އެމްއެންޑީއެފުންބުނީ ދޯނީގައި ތިބި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. ނަމަވެސް އެކަކުގެ ފައި މަށައިގެންގޮސްގެން އެހީ ފޯރުކޮށްދީފައިވާކަމަށެވެ.

ފަރަށްއެރުމާއި ގުޅިގެން އަސްދާން ދޯނީގެ ބަނޑުފިލާއަށް ގެއްލުންލިބި ދޯނިވަނީ ދިޔަވެފައެވެ. ދޯނީގައި ތިބި މީހުންނަށް އެހީވުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، ދޯނީގެ ވެރިފަރާތުންދަނީ ދޯނި ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ.