ޚަބަރު

އެޖެންޑާ 19ގެ މިސްރާބު ރަނގަޅު - ޓޫރިޒަމް މިނިސްޓަރ


އެޖެންޑާ19ގެ މިސްރާބު ރަނގަޅުކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް އެމްޑީޕީގެ އެޖެންޑާ19 ސިޔާސަތަށް ތަޢުރިފް ކުރައްވައިފިއެވެ.

ށ.ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޖެންޑާ19 ގެ މިސްރާބު ރަނގަޅުކަމަށާއި، އެސިޔާސަތުގެ ދުވެލިވެސް މޫސުމާ ބަލާފައި ވަރަށް ރަނގަޅުކަމަށެވެ.

އެޖެންޑާ19 އަކީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ގެންގުޅުނު ކެމްޕެއިންގެ މައިގަނޑު ސިޔާސަތެވެ. އެޖެންޑާ19 ތަފާތުވާނެކަމަށާއި، އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޤާނޫނީ ގޮތުން ފުރިހަމަކުރަންކުރަންޖެހޭ ކަންކަން ފުރިހަމަކުރާނެކަމަށް އެމްޑީޕީން ވަނީ ވަޢުދުވެފައެވެ.

އެޖެންޑާ19ގެ ދަށުން އެމްޑީޕީން ހުށަހަޅާފައިވާ މައިގަނޑު ފަސް ސިޔާސަތަކީ، ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން، އަދި ހެޔޮ ވެރިކަމެވެ.