ޚަބަރު

މިއަދުވެސް މެދުރާއްޖެތެރޭގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވޭ - މެޓް


ދިޔަވަރުބޮޑުވާ ވަގުތުތަކުގައި މިއަދު މެދުރާއްޖެތެރޭގެ ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އުދައަރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މިސަރަޙައްދަށް ދިޔަވަރުބޮޑުވާނެކަމަށް މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 10:30އިން މެންދުރު 1:30އާއި ހަމައަށެވެ. ރާޅުގެ އުސްމިން ހުންނާނީ 2ފޫޓާއި 4 ފޫޓުގައެވެ.

ދިޔަވަރުބޮޑުވި ވަގުތުގައި އިއްޔެވެސްވަނީ މާލެ ސަރަޙައްދަށް ވަރަށް ބޮޑަށް ރާޅު އަރާފައެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި މިއަދު އާއްމުގޮތެއްގައި މުޅި ރާއްޖެއަށް މޫސުން ރަނގަޅުވިނަމަވެސް، ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވެއެވެ. އެވަރެޖްކޮށް ވައިޖެހޭނީ 3މޭލާއި، 16މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ދެކުނަށް މޫސުން ގޯސްވާ ވަގުތުތަކުގައި 35މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.