ޚަބަރު

މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި


މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭ، 22:34 ހާއިރު، އަމީނީ މަގުން ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، އަމީނީމަގުން ފައިސާތަކެއް ހިފައިގެން އެކަނި ހިނގާފައި ދިޔަ މީހަކަށް، ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައި ވަނީ، ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށެވެ.

އަދި މިހާދިސާގައި އަނިޔާވި މީހާއަށް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، މިމައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.