ކުޅިވަރު

މޮޅުވާން ކޮންމެހެން މަޖުބޫރެއް ނޫން، އެއީ އޮތް ފުރުސަތެއް: ސިމިއޯނީ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ގަދައަށެއްގައި ޖަރުމަނުގެ ލީޕްޒިީގާ ދެކޮޅަށް ނުކުންނައިރު ކޮންމެހެން މޮޅުވާން މަޖުބޫރު ނޫންކަމަށާއި އެއީ އޮތް ފުރުސަތެއްކަމަށް އެތުލެޓިކޯ މެޑްރިޑް ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

މެޗަށް ތައްޔާރުވަނީ އެތުލިޓިކޯ ސްޓައިލުގައި ރޭވިފާވާ ގޮތަށް ކުރެވެން އޮތް ރަނގަޅު ގަތޮކަށް ލީޕްޒިގު މައްޗަކުރި ހޯދަންކަމަށް ސިމިއޯނީ ބުންޏެވެ. އޭނާ ބުނީ ކުލަބުގެ މިސްރާބު ވަރަށް ރަނގަޅަށް އެނގޭކަމަށް މެޗުގައި ވެސް މަސައްކަތް ކުރާނީ އެ މިސްރާބަށް ކަމަށެވެ.

މޮޅުވުން އެއީ އޭހާ މުހިންމު ކަމެއް ނޫކަން ތަކުރާރުކޮށް ސިމިއޯނީ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް މި ހިސާބަށް އާދެވުމަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނެން ޖެހޭ ސަބަބެއް ނޫންކަމަށާއި އޭނާގެ ޓީމަކީ މުބާރާތުގެ ފޭވަރިޓުން ނޫންކަމަށް ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ވަނީ 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އެތުލިޓިކޯ މެޑްރިޑާއެކު ފައިނަލުގައި ވާދަކޮށްފައެވެ.