ގއ. ދާންދޫ ކައިރިން ދަތުރުކުރި ބޯޓެއް ގިރިއަކަށް އަރައިފިއެވެ.
މިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިރޭ 18:33އެވެ.
މި ރިޕޯޓް ލިބުމާއެކު ސްކޮޑްރަންގެ ސިފައިން މިހާރު ދަނީ ބޯޓު ތިލަކުރުމަށް މަސައްކަތް ކުރަމުންނެވެ.
"ޕްރޮގްރެސް" ނަމަކަށް ކިޔާ މި ބޯޓުގައި 9 މީހުން ދަތުރުކުރިކަމަށް ސިފައިން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމަކަށް އެނގިފައެއް ނުވެއެވެ.