ކުޅިވަރު

މޯލްޑިވްސް އޯޕަން އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށައިފި


 މިއަހަރު ރާއްޖޭގައި
ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަރފިންގ އެންޑް ބޮޑީ ބޯޑިން ރާޅާ
އެޅުމުގެ މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން އިޝްތިހާރު ކުރުމުގެ މަސައްކަތް މިހާރު
ފަށާފައިވާކަމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން ބުނެފި. 

މޯލްޑިވްސް
ބޮޑީ ބޯޑިން އެސޯސިއޭޝަނުންބުނީ މިމުބާރާތް އިޝްތިހާރް ކުރުމުގެ ގޮތުން މާލެއާ
ވިލިގިލީގައި ބިލްބޯޑްތަކާ ބެނާތަށް ހަރުކޮށްފައިވާކަމަށެވެ. އަދި ސޯޝަލް މީޑިޔާއާ
ޓީވީ ޗެނަލްތަކުގައިވެސް މުބާރާތް އިޝްތިޙާރް ކުރުމުގެ ގޮތުން ގިނަ
މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި މޯލްޑިވްސް
އޯޕަންގެ ހޭޝްޓެގް ބޭނުންކޮށްގެން ބައެއް ސަރަހައްދުތަކުގައި ފޮޓޯ ޝޫޓްތަކެއްވެސް
ކުރިއަށް ގެންދާ ކަމަށްވެސް ބޮޑީބޯޑިން އެސޯސިއޭޝަނުން ބުނެއެވެ.

މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުންބުނީ
މުބާރާތައް ވަރަށް ބޮޑު ތަރްހީބެއް ލިބެމުންދާކަމަށާއި، ހާއްސަކޮށް ރާއްޖެއިން
ބޭރުން ފަންސާހަށް ވުރެ ގިނަ ރާޅާއެޅުންތެރިން ބައިވެރިވާނެއެވެ. 

މިދިޔަ އަހަރު
މިމުބާރާތުގައި ވާދަކޮށްފައިވާ ރާޅާއެޅުންތެރިންގެ އިތުރުން އާ ބޭރުގެ ރާޅާ
އެޅުންތެރިންވެސް މިފަހަރުގެ މުބާރާތުގައި 
ވާދަކުރާނެކަމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.
އެގޮތުން ދެކުނު އެފްރިކާ، އޮސްޓްރޭލިއާ، އެމެރިކާ، ދުބާޢީ، އިންޑޮނީޝިޔާ،
ޕިލިޕީންސް އަދި އިންޑިޔާގެ އިތުރުން ޖަޕާންގެ ރާޅާއެޅުންތެރިންވެސް މިފަހަރުގެ
މުބާރާތުގައި ބައިވެރިވާނެކަމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންއިން
މަޢުލުމާތުދިނެވެ.

އިންޓަރނޭޝަނަލް ސާފިން އެންޑް ބޮޑީ ބޯޑިން ރާޅާ އެޅުމުގެ މުބާރާތަކީ
މޯލްޑިވްސް ބޮޑީ ބޯޑިންގއާއި  އޭޝިއަން
ސަރފިންގ ޗެމްޕިއަންޝިޕް ގުޅިގެން ކުރިއަށްގެންދާ މުބާރާތެެކެވެ. މިމުބާރާތުގެ މެއިން
ސްޕޮންސަރަކީ ސަނީ ސައިޑް އޮފް ލައިފްއެވެ. މުބާރާތް ކުރިއަށްދާނީ ޅޮހިފުށި ރާޅާ އަޅާ
ސަރައްހަދުގައެވެ. އެއީ ސެޕްޓެމްބަރ މަހުގެ ތޭރައިން ސޯޅަ އަށެވެ.