ޚަބަރު

ބޫޓާން ފުރަބަންދުކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުގެ ގޮތުން ބޫޓާނު ފުރަބަންދުކޮށްފިއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ މަދު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިފައިވަނީ ބޫޓާނުގައެވެ. އެ ޤައުމުގައި 113 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ބަލީގައި އެއްވެސް މީހަކު އެ ޤައުމުގައި މަރުވެފައެއް ނުވެއެވެ.

ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ ބޫޓަނުންވަނީ މާރިޗު މަހުގެ ތެރޭގައި އެ ސިނާޢަތް ވަގުތީގޮތުން ބަންދުކޮށްފައެވެ. އަދި ބޭރު ޤައުމުތަކުން ބޫޓާނަށް އަނބުރާ އަންނަ މީހުން ތިން ހަފުތާގެ މުއްދަތަށް އެކަހެރިވާންވަނީ އަންފައިފައެވެ.

ބޫޓާނު ފުރަބަންދުކޮށްފައިވަނީ ކުވައިތުން އެ ޤައުމަށް ދިޔަ މީހަކަށް ކޯވިޑް-19 ޖެހިފައިވާކަން އެނގުމުންނެވެ. 27 އަހަރުގެ އެ އަންހެން މީހާވަނީ ބޫޓާނަށް ދިޔުމަށްފަހު އެކަހެރިވެފައެވެ. އޭނާ ދޫކޮށްލުމުގެ ކުރިން ތަހުލީލުކުރުމުން އޭނާގެ ހަށިގަނޑުގައި ކޯވިޑް-19ގެ އަސަރެއް ނެތްކަންވަނީ ދައްކައިފައެވެ. ނަމަވެސް ކުލިނިކަކަށް ގޮސް ދެވަނަ ފަހަރަށް ތަހުލީލުކުރުމުން އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަންވަނީ ޔަޤީންވެފައެވެ. އޭނާވަނީ ބޫޓާންގެ ވެރިކަންކުރާ ތިންޕޫގެ ގިނަ ޢަދަދެއްގެ މީހުންނާ ބައްދަލުވެފައެވެ.

ބޫޓާނުގެ ސަރުކާރުން ބުނީ ޤައުމު ފުރަބަންދުކުރަން ނިންނީ ބަލި ޖެހިފައިވާ މީހުން ދެނެގަނެ އެ މީހުން އެކަހެރިކުރުމަށްކަމަށެވެ. އެ ޤައުމުގެ ހުރިހާ މަދަރުސާތަކާއި އިދާރާތަކާއި ބަންދުކޮށް، އެ ޤައުމުގެ ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަށްވަނީ ސަރުކާރުން އަންގައިފައެވެ.