ކުޅިވަރު

ބާސެލޯނާގެ ކީޕަރަށް ބަޔާނުން ފާޑު ކިޔައިފި


ބާސެލޯނާގެ ކީޕަރު ޖަރުމަނުގެ މާކް އަންދްރޭ ޓާސްޓެގަން އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރެއިން ކީޕަރެއްނޫން ކަމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ބުނެފިއެވެ.

އެ ޓީމުން މިފަދައިން ވާހަކަ ދެއްކީ ބަޔާންއާއި ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ހުކުރު ދުވަހުގެ ރޭ ކުޅެންޖެހިފައިވަނިކޮށެވެ.

މި މެޗުގައި ދެ ޓީމުން ވެސް ފެނިގެންދާނީ ޖަރުމަނުގެ ގައުމީ ޓީމުގެ ދެ ކީޕަރުންނެވެ. ޓާސްޓެގަންއާއި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަކީ ޖަރުމަނުގެ ގައުމީ ކީޕަރުކަމަށް ވާދަކުރުމުގައި ބަހުގެ ހަމަލާވެސް ބަދަލުކޮށްފައިވާ ދެ ކީޕަރުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2014 ވަނަ އަހަރުގެ ވަރލްޑް ކަޕް ޖަރުމަނަށް ހޯދައިދިން ނޯޔާގެ ފޯމަށްވުރެ ހުރިހާ ގޮތަކުންވެސް ފަހަކަށް އައިސް ޓާސްޓެގަން ދައްކާ ކުޅުން މޮޅެވެ.

ނަމަވެސް ބަޔާނުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގޭ ބުނީ ނޯޔާ އަކީ ދުނިޔޭގެ ފެންވަރުގެ ކީޕަރެއް ކަމަށާއި ޓާސްޓެގަން އަކީ އެލެވެލްއަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ކީޕަރެއް ކަމަށެވެ.