ޚަބަރު

2 ޕެޓްރޯލް ޝެޑަކުން ފައިސާ ދެއްކޭނީ ކޭޝް ކާޑުން އެކަނި


ފިއުލް ސަޕްލައި މޯލްޑިވްސްއިން ޚިދުމަތްދޭ 2 ޕެޓްރޯލް ޝެޑެއްގައި އަންނަ ހޯމަދުވަހުން ފެށިގެން ހަމައެކަނި ކޭޝް ކާޑުން ފައިސާދެއްކޭނެގޮތް ހަދައިފިއެވެ.

އެފްއެސްއެމްއިން ބުނެފައިވަނީ ހަމައެކަނި ކޭޝް ކާޑުން ފައިސާ ދެއްކޭގޮތަށް ހަދާފައިވަނީ ކާނިވާ ސަރަޙައްދުގައި ހުންނަ "އީޒީ ފިއުލް 2"އާއި މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހުންނަ "އީޒީ ފިއުލް 4" ޕެޓްރޯލް ޝެޑުންކަމަށެވެ. ނަމަވެސް ސްޓެލްކޯ ސްރަަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑާއި، ހުޅުމާލެއިން ޚިދުމަތްދޭ ޕެޓްރޯލް ޝެޑުން ނަގުދު ފައިސާއިން ޚިދުމަތަށް ފައިސާ ދެއްކޭނެއެވެ.

މި ބަދަލު ގެނެސްފައިވަނީ ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭގެ ލަފަޔާއިއެއްގޮތަށް، ކަސްޓަމަރުންނާއި މުޢައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް އެފްއެސްއެމްއިން ބުނެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސްއިން މިހާރު ޚިދުމަތްދެމުން އަންނަނީ ހެނދުނު 08:30އިން ރޭގަނޑު 9:30އަށެވެ.