މިޞްރުގައި ޤާނޫނުހަދާ މަޖިލީހުގެ މަތިގެ އަލުން އެކުލަވާލުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 63 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. އިންތިޚާބުގެ ވޯޓުލުން އޮގަސްޓު މަހުގެ 11ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. އެގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވޯޓުލާންދާ މީހުންނަށް މާސްކު ފޯރުކޮށްދޭނެކަމަށާއި ވޯޓުލާ މަރުކަޒުތަކުން ރަނގަޅަށް ޖަރާސީމު ފިލުވާނެކަމުގެ ޔަޤީންކަން މިޞްރުގެ ރަސްމީ އިދާރާތަކުންވަނީ ދީފައެވެ.
މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ އުވާލާފައި އޮތުމަށްފަހު އަލުން އެކުލަވާލާފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި ބަދަލެއްގެ ދަށުންނެވެ. ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ 300 ގޮނޑީގެ ތެރެއިން 100 ގޮނޑި ޅާއްޞަކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށެވެ. އަދި 100 ގޮނޑިއަށް މެންބަރުން ޢައްޔަނުކުރަނީ ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ ތެރެއިންނެވެ. ބާކީ 100 މެންބަރުން ޢައްޔަނު މިޞްރުގެ ރައީސް އަބްފުލް ފައްތާޙު އަލްސީސީއެވެ. މިފަހަރުގެ އިންތިޚާބުގައި 787 ކެންޑިޓޭޓުން ވާދަކުރެއެވެ.
މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަކީ އެއްވެސް ޤާނޫނީ ބާރެއް ލިބިފައިވާ ގުނަވަނެއް ނޫނެވެ. އެ މަޖިލީހުން ޢަދާކުރާނީ ލަފާ އެރުވުމުގެ ދަޢުރެކެވެ.