 
										
			ފުރަބަންދުގެ ކަރަންޓީން ފުރިހަމަކުރި މީހަކު އައްޑޫ ސިޓީ ހިތަދޫން މިއަދު ޕޮޒިޓިވް ވެއްޖެއެވެ. 
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑް-19އަށް ޓެސްޓު ކުރި، ޢުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. 
މިއާއެކު އައްޑޫ ސިޓީގައި ފުރަބަންދު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުމިވަނީ ހަތަރަކަށް އިތުރުވެފައެވެ. މީގެ ކުރިން ޕޮޒިޓިވްވެފައިވަނީ ފޭދޫގައި ފުރަބަންދު ކަރަންޓީގައި ހުރި ފުލުހަކާއި، ހިތަދޫން ޕޮޒިޓިވްވި ބިދޭސީއަކާއި ދެ ދިވެހިންނެވެ.