ކުޅިވަރު

ރިސޯޓް ވޮލީ ޒޯން 4ގެ ފުރަތަމަ މެޗް ލަކްސް މޯލްޑިވްސްއަށް


ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގެ ޒޯން ހަތަރެއްގެ
ފުރަތަމަ މެޗް ލަކްސް މޯލްޑިވްސް ކާމިޔާބުކޮށްފި.ކޮންރެޑް މޯލްޑިވްސްގައި މިއަދު
ފެށި ޒޯން ހަތަރެއްގެ ފުރަތަމަ މެޗް ލަކްސް މޯލްޑިވްސް ކާމިޔާބުކުރީ ކޮންރެޑާ
ވާދަކޮށް ފަހަތުން އަރާ ތިން ސެޓް ހޯދައިގެންނެވެ. ލަކްސް މެޗް ކާމިޔާބުކޯށްފައިވަނީ ތިން
ސެޓް އެއް ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ކޮންރެޑް ގެންދިޔައީ ފަންސަވީސް ބާވީހުންނެވެ.
ފަހު ތިން ސެޓް ލަކްސް ގެންދިޔައީ ފަންސަވީސް ތޭވީސް، ފަންސަވީސް ބާވީސް އަދި
ފަންސަވީސް ސާދައިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލަކްސް
މޯލްޑިވްސްގެ އަބުދުﷲ ހަސަންއެވެ. މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ
މެޗްގައި ބައްދަލުކުރާނީ ކޮންރެޑް މޯލްޑިވްސްއާ ސަން އައިލެންޑް ރިސޯޓް އެންޑް
ސްޕާރއެވެ.