ޚަބަރު

ސީއެސްސީއާއި ޓެކްސް ޓްރައިބިއުނަލަށް ހުށައެޅި ނަންތަކަށް ހިޔާލު ހޯދަނީ


ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލީ ފަރާތްތަކާއި ޓެކްސް އެ ޕީލް ޓްރައިބިއުނަލަށް އައްޔަނަކުރަން ރައީސް ފޮނުއްވި ނަންތަކަށް އާއްމުންގެ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން ހުޅުވާލައިފިއެވެ.

ސީއެސްސީގެ ހުސްވެފައިވާ 4 މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 41 މީހަކު ވަނީ ނަން ހުށައަޅާފައެވެ. ރައްޔިތުން މަޖިލީހުން ވިދާޅުވީ މި ފަރާތްތަކާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން އެކަން އެ އިދާރާއަށް ހުށައެޅަންޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓްނަގައިގެން މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލީ ފަރާތްތައް

1- އަޙްމަދު މަންސޫރު / ވ. ރިވެތި، ކ.މާލެ
2- އަޙްމަދު ޞަޢީދު / ތިބްރޯޒްގެ، ގދ.މަޑަވެލި
3- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
4- އަބްދުލްބާރީ އަބްދުﷲ / ހ. މެލަން، ކ.މާލެ
5- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
6- ޢާއިޝަތު ޙުސައިން މަނިކު / ހ.ރީނދޫކޮކާގެ، ކ. މާލެ
7- ރިފާޔާ އަބްދުﷲ / ޤުލްބަކާގެ، އއ. ތޮއްޑޫ
8- ހާރިސް މުޙައްމަދު / ދަފްތަރު ނަންބަރު 4289
9- އިބްރާހިމް ޝަރީފް / ބްލެކް، ރ.މީދު
10- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
11- ޒުބައިރު އަޙްމަދު މަނިކު / ގ. މަލްވިން
12- އަބްދުލްބާރީ ޙުސައިން / ފަސާން، ރ. ހުޅުދުއްފާރު
13- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
14- ޑރ. އަޙްމަދު އަދީލް ނަސީރު / ފުއްޓަރުގެ، ސ.ހިތަދޫ
15- އިބްރާހިމް މޫސާ / ހެޕީރޯޒް، ސ. މަރަދޫފޭދޫ
16- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
17- ޢިމްރާނާ ބިންތު ޢަބްދުﷲ / މ. ކަރޭޖް
18- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
19- އިބްރާހިމް ޙަމީދު / ހ. ނަސްރީނުގެ
20- ޖެނީނާ ނަސީމް / ހުޅެހި، ސ.މީދު
21- މުޙައްމަދު ނަޞީރު / މ.ފުންފިނި
22- މުޙައްމަދު މަޢުރޫފް / ގ. ފޭދޫކޮށީގެ
23- އަޒްލީމާ ޢާދަމް / ދަފްތަރު ނަންބަރު: 341/94
24- މުޙައްމަދު ފަރުޙާދު / ޙަސަންކާރީގެ، ސ. މީދު
25- ޢަލީ މުޙައްމަދު މަނިކު / ދަފްތަރު ނަންބަރު: 1851
26- ޢާއިޝަތު ޝަޒްލީނާ / ވ. ސާރާވިލާ
27- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
28- މުޙައްމަދު ރިޒާ / ހ. އުމަރުފަރު
29- އަޙްމަދު މޫސާ / ހ. އަމްސާވިލާ
30- ޢައިޝަތު އަޙްލާމް / މއ. ތުނބުރި
31- ރަންދާ ފުޢާދް / ވ. ފަހިދޫ
32- ރިފާހަތު ފަރުޙަތު / ގ. ވެގާ2
33- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
34- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
35- އަޒްމަތް / ދަފްތަރު ނަންބަރު ރސ. 9953
36- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
37- ފާތިމަތު އިފާޝާ / ގ. ވެނީޒިއާ
38- އާމިނަތު ޔަޝްފާ / މއ. ނިރިލް
39- މުޙައްމަދު ފާއިޒް / މއ. ހަވާނާ
40- މަރިޔަމް ޝެނީން / މއ. ފޮސީތިއާ
41- އަޙްމަދު ނަޝީދު ޙުސައިން / ދަފްތަރު ނަންބަރު: ރސ 1890

ޓެކްސް އެ ޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަމަަށްވެސް އާއްމުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

ޓެކްސް އެ ޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ފޮނުއްވި ނަންތައް ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންތައް

1 .އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ، ވެސްޓްބީޗް/ އއ.މަތިވެރި
2 .އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފު، ގ.ނޫމަރާވިލާ

ރައްޔިތުން މަޖިލީހުން ވިދާޅުވީ މި ނަންތަކަށް ޢާންމުންގެ އެއްވެސް ޝަކުވާއެއްވާނަމަ، އަންނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށައަޅަންޖެހޭނެކަމަށެވެ.

ސީއެސްސީއާއި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލާފައިވާ ފަރާތަކާއި ގުޅޭ ގޮތުން ޝަކުވާ ހުށައަޅާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް ހުށައެޅުމަށް މަޖިލީހުން ވަނީ އަންގަވާފައެވެ. އަދި ޝަކުވާ ހުށައަޅާނީ
ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވި ދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.