ލިޔުން ފެށުމުގެ ކުރިންވެސް ބުނެލަން ބޭނުންވަނީ މި ލިޔުން ނިމެންދެން ކިޔާލައްޗެވެ. މި ލިޔުން މިއަދު ލިޔުނު ސަބަބު އޮންނާނީ އެންމެ ފަހަތުގައި ކަމުންނެވެ.
އަހަރުމެން ޤުރްއާން ކިޔަވާތާ އެތައް ޒަމާނެއް އެތައް އަހަރެއް ވެދާނެއެވެ. އެތައް މިލިއަން މުސްލިމުން ދުނިޔޭގައި އުޅޭއިރު މީގެއިން ކޮންމެ މީހެއްގެވެސް ގޭގައި ކިޔަވަން ބޭނުންކުރަން މީގެ ޚަތިމެއް އޮންނާކަން ޔަގީނެވެ. އެހެންނަމަވެސް މި ޚަތިމްގައިމިވާ ލިޔުމަކީ މީހަކު އަތުން ލިޔެފައިވާ ލިޔުންކަން އެގެނީ ކިތައް މީހުންނަށް ބާއެވެ.
ކީރިތި ޤުރްއާން ޗާޕްކުރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއްވެސް ކުށެއްނެތި ކިޔަންފަސޭހަ އަކުރުތަކުން ﷲ ގެ ކަލާމްފުޅު ފޮތެއްގެ ގޮތަށް ޗާޕްކުރާ އެންމެ ބޮޑު އެއްތަނަކީ މަދީނާގައި ހުންނަ ކިންގް ފަހުދު ގްލޯރިއަސް ޤުރްއާން ކޮމްޕްލެކްސްއެވެ. ދުނިޔޭގެ އެކި ތަންތަނުގައި ބޭނުންކުރަމުންދާ ޤުރްއާނުގެ ކޮޕީތައް ނުވަތަ ޚަތިމްތަކުގެ ތެރެއިން ބޮޑުބައެއް ޗާޕްކުރަމުން އަންނަނީ މިތަނުގައެވެ.
މިތަނުން ދުވާލެއްގެ މައްޗަށް 12 ހާހަށްވުރެ ގިނަ ޚަތިމް ޕްރިންޓް ކުރަމުންދާއިރު، މިއާއިއެކު ޤުރްއާން ތަރުޖަމާކުރުމާއި، ޤުރްއާނުގެ ސޮފްޓްވެއާ ހެދުމާއި، ޤުރްއާނުގެ އޯޑިއޯ ސީޑީ އާއި އޮންލައިންކޮށް ޤްރުއާން އަޑުއެހޭނެގޮތަށް ރެކޯޑް ކުރުންވެސް މިތަނުގައި ކުރިއަށް ދެއެވެ.
އަހަރުމެން އެންމެނަށްވެސް ހީވެފައި މި އޮންނަނީ މީ ކޮމްޕިއުޓަރުން ލިޔެ ޗާޕުކޮށްފައިވާ ޚަތިމްތަކެއްކަމަށެވެ. ނޫނެކެވެ. މީ މީހަކު އޭނާގެ އަތުން މުޅި ޚަތިމް އެއްކޮށް ލިޔެފައިވާ ލިޔުންތަކަކެވެ. މަދީނާގެ މުސްހަފްގެ ގޮތުގައި މަސްހޫރު މުސްހަފްތަކުގެ އެންމެ ފަހަތު ސޮފްހާ ހުޅުވާލަ ބަލާށެވެ. އޭގައިވާ ލިޔުންކޮޅުގައި ވަނީ މިހެންނެވެ." މި ޤްރުއާން ލިޔެ ޕްރިންޓްކޮށްފައިވަނީ މާތް ﷲގެ ހެޔޮ ރަހްމަތްފުޅާއި އެކު މިހެންނެވެ. އޭގެ ތިރީގައި ޖަހާފައިވަނީ ހަތިމުގެ ލިޔުއްވި އުސްމާން ތާހާގެ ނަމަވެެ.
ޝެއިހް އުސްމާން ތާހާ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 1934 ވަނައަހަރު ސީރިއާގެ އަވަށަކަށެވެ. ދަނޑުވެރި އާއިލާއަކަށް އުފަން ޝެއިހް އުސްމާންގެ ބައްޕާފުޅަކީ އެ އަވަށުގެ އިމާމެވެ.
ކެލިގްރަޕީ، ރީތިކޮށް އަތުން ލިޔުއްވުމަކީ ޝެއިހް އުސްމާންގެ ވަރަށް ޅައުމުރުގައިވެސް ޝައުގުވެރިކަން ހުރިކަމަކެވެ. ޝެއިހް އުސްމާން އެންމެ ފުރަތަމަ ޤްރުއާން އަތުން ރީތިކޮށް ލިޔުއްވަން ފެއްޓެވީ އުމުރުން އެންމެ 6 އަހަރުގެއެވެ. އެއަށްފަހު އެ ހުނަރު އިތުރަށް ތަރައްޤީކުރެއްވީ ދިމިސްޤުގައި ކިޔަވަން އުޅުއްވި ދުވަސްވަރުއެވެ.
މިހާރު މި ފެންނަ ޚަތިމްތަކުގަައި އެވާ ލިޔުވުން ލިޔުއްވަން ޝެއިހް އުސްމާނަށް ފުރުސަތު ލިބިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެއަށްފަހު އެނާ ލިޔުއްވި ލިޔުވުން ހިމެނޭ ޚަތިމްތައް ކޮންމެ އަހަރަކު ހައްޖުވެރިންނަށް ސައުދީ ސަރުކާރުން އަންނަނީ ބަހަމުންނެވެ. އަދި މި ޚަތިމަކީ މިއަދު ދުނިޔޭގެ އެކިކަންކޮޅުގައިވެސް އާއްމުކޮށް ބޭނުންކުރަމުން އަންނަ ޚަތިމެވެ.
ޝެއިހް އުސްމާން ތާހާ ވަނީ އުމުރުގެ 30 ވުރެ ގިނަ ދުވަސް ޤުރްއާން ލިޔުއްވުމުގައި ހޭދަކުރައްވާފައެވެ. އެނާވަނީ ތަފާތު ބާރަ ގޮތަކަށް ޤުރްއާން އަތުން ލިޔުއްވާފައެވެ. އޭގެތެރޭގައި މޮރޮކޯ، އަލްޖީރިއާ، ސޫދާން، ލީބިޔާ މީހުން ލިޔެ އުޅޭގޮތްތަށް ހިމެނެއެެވެ.
ޝެއިހް އުސްމާން ތާހާ ވިދާޅުވާ ގޮތުން އޭނާ އެކަން ކުރައްވަނީ ކުރާ ހިތުންނެވެ. އުމުރުގެ ގޮތުން މިހާރު ކިތަންމެ ދުވަސްވެ ވަރު ބަލިވި ނަމަވެސް އަމާޒަކީ އެންމެ ފަހު ނޭވާއާއި ހަމައަށް އެކަން ކުރުމެވެ. މިހާރު ލިޔަން އިންނަ އިރު ބައެއް ފަހަރަށް ގަލަން ދޫވެގެން ބިންމައްޗަށް ވެއްޓޭ ފަހަރު އަންނަކަމަށްވެސް ޝެއިހް އުސްމާން ވިދާޅުވިއެވެ.
އުސްމާން ތާހާ މި މަސައްކަތުގައި ހޭދަކުރައްވާއިރު އޭނާ ޚަތިމްގެ ކޮންމެ ތަންކޮޅެއް ލިޔުންވަން އިށީންނަވަނީވެސް ވުޝޫކުރައްވައިގެންނެވެ. އަދި ކޮންމެ ދުވަހަކުވެސް މި މަސައްކަތް ކުރައްވާއިރު ޚަތިމެއް ފުރިހަމަ ކުރެއްވުމަށް 3 އަހަރު ނަގާކަމަށްވެސް ޝެއިހް ވިދާޅުވިއެވެ.
ޝެއިހް ވިދާޅުވީ ޤުރްއާން ލިޔުމުގައި ހޭދަކުރައްވާ ވަގުތުތަކުގައި ކުރެވޭ އިހްސާސްތައް ތަފާތުކަމަށެވެ. ހާއްސަކޮށް ސުވަރުގެ އާއި ނަރަކައިގެ ވާހަކަތައް ހިމެނޭ ބައިތައް ލިޔުއްވަން އިންނަވާއިރުއެވެ. ސުވަރުގޭގެ ވާހަކަތައް ލިޔަމުން އަންނަ އިރު އެ އާޔަތްތައް ނުނިމޭނަމައޭ ހިތައް އަރައެވެ. އަދި ނަރަކައިގެ ވާހަކަތަކުގެ އަޔާތައް ލިޔުއްވާއިރު އަތް ތުރުތުރުއަޅާ ދާހިތްލާކަމަށްވެސް ޝެއިހް އުސްމާން ވިދާޅުވެއެވެ.
ޝެއިހް ލިޔުއްވާފައިވާ ޚަތިމްތައް ދުނިޔޭގެ އެތައް މިލިއަން މީހުން ކިޔަމުން އަންނައިރު ޝެއިހް އުސްމާންގެ އޮތީ އެންމެ އެދިލެއްވުމެކެވެ. އޭނޭގެ ލޮލާއި ހިއްސުތައް އެންމެ ފަހު ވަގުތާއި ހަމައަށްވެސް ސަލާމަތުން ހުރުމަށް ހެޔޮ ދުއާކޮށްދިނުމެވެ. މިހާރު އުމުރުން 86 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އުސްމާންގެ ދުއާއަކީ އެންމެ ފަހުވަގުތާއި ހަމައަށްވެސް އެކަމުގައި ދެމިހުރުމެވެ.
މަދީނާ މުސްހަފުގެ ނަމުން މަޝްހޫރު ޚަތިމްތައް ލިޔުއްވި ޝެއިހް އުސްމާނު ތާހާ އާލާސްކަންފުޅު ބޮޑުވެ މިވަގުތު އަންނަނީ ހޮސްޕިޓަލްގައި އެޑިމްޓްކޮށް ފަރުވާދެމުންނެވެ. އަޅުގަޑުމެން އެންމެންގެ ދުއާއަކީ ޝެއިހްއަށް އަވަސް ޝިފާއެއް ދެއްވާ ހެޔޮ ރަހްމަތްލެވުމެވެ.
علي وحيد
شيخ عسمان طاها އަށް. އަވަސް شفاء އަކަށް އެދެން ﷲ އެމަނިކުފާނައް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި آمين يارب العالمين
Abdul Muhusin
މާތްﷲ ޝެއިހްއަށް އަވަސް ޝިފާއަކަށް އެދެމެވެ.
ޝާހް
ﷲ އެމަނިކުފާނު އަށް ރަހުމަތް ލައްވާނެތެވެ.އާމީން
ޝަކީލާ ޙާމިދު
ހައްދަވާ ބޮޑުކުރެއްވި ހުސްޠާހިރުވަންތަ ރަސްކަލާކޮ. އިބަﷲ ރަޙްމަތް ތަނަވަސްވެ ވޮޑިގެންވެއެވެ. އިބަ ﷲ ޝެއިޙް އުޘްމާނަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާނދޭވެ. އާމީން.
ދަވާލި19
އާމީން
فاطمة حسن منك
މާﷲ ޝޭހަށް އަސްޝޮފާއެއްދެއްވޝި امين
ޚާލިދު އަޙްމަދު
ޝޝަައިޚަށް ހެޔޮ ރަޙްމަތް ލައްވާށި! އާމީން
އިބްރާހިމް
އާމީން
ޙަސީނާ
ޙެޔޮ ރަހްމަތް ލައްވާ އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަން.
ޙުސައިން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ޙެޔޮރަހްމަތް ލައްވާށި
ޢާއިޝަތު
ޙެޔޮ ރަހްމަތް ލައްވާ އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަން. ޤުރްއާން އަކީ ރަނގަޅު ގޮތް ޤުރުއާން މި ގޮތަށް ލިޔުން ގޯސް.