ޚަބަރު

މާލޭ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި މަރުވެއްޖެ


މާލޭ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާގައި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ވެއްޓިފައިވަނީ ހެންވޭރުގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާއިން ކަމަށާއި، އޭނާ ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 02:39 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ޙާދިސާއާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.