ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސަށާއި ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި


ސްރީލަންކާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސްރީލަންކާ ޕޮދުޖަނަ ޕެރަމުނާ (އެސް.އެލް.ޕީ.ޕީ.) ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކަމާއިއެކު ނިމިގެންދިއުމުން، ރައީސާއި ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށްވެސް މަރުޙަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހުރިއްޔާ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް މަރުޙަބާ ވިދާޅުވެ ފޮނުވި މެސެޖްގައި ވަނީ ދިވެހިރާއްޖެއަކީ ސްރީލަންކާގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި އަބަދުމެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.އަދި ދެ ޤައުމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންތިޚާބުގައި އެސް.އެލް.ޕީ.ޕީ. އިން ހޯދި ކާމިޔާބީއިން ދޭހަކޮށް ދެނީ، މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ހިންގުންތެރިކަން އެ ޤައުމުގެ ރައްޔިތުން ބަލައިގަނެ، ސަރުކާރަށް އިތުބާރުކުރާ ކަމަށާއި، ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެ ޤައުމުގެ ރައްޔިތުން ބޭނުންވާކަން ކަމުގައެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރަން ދިވެހިރާއްޖެއިން އަބަދުމެ މަސައްކަތް ކުރަމުން ގެންދާނެކަމާއި، ޚާރިޖީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ
.
ރައީސުލްޖުމްހުރިއްޔާ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް މަރުޙަބާ ވިދާޅުވެ ފޮނުވި މެސެޖްގައި ވަނީ ދިވެހިރާއްޖެއަކީ ސްރީލަންކާގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި އަބަދުމެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.އަދި ދެ ޤައުމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ކުރިންވެސް މިފަހަރުގެ އިންތިޚާބުގައި ކާމިޔާބު ހޯދާނީ ޢާންމުންގެ މެދުގައި މަޤުބޫލު އަދި ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރ ރާޖަޕަކްސަގެ ޢާއިލާއިންކަމަށް ފެންނަ ނުފެންނަ ވޯޓުތަކުން ވަނީ ދައްކާފައެވެ.

މި އަހަރުގެ ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮގުތައި މި އަހަރު ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ. އެއީ 2015ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ވޯޓުލި މީހުންގެ ނިސްބަތަށްވުރެ 6 އިންސައްތަ ދަށް ޢަދަދެކެވެ. 2015ވަނަ އަހަރުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ 77 އިންސައްތައެވެ.