ޚަބަރު

ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުން ހަމަޖައްސަނީ


ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެކަމުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލު މުރާޖާކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާމަކުރައްވައިފިއެވެ.

ޑިއުޓީގައި އުޅޭ ބައެއް ފުލުހުންނަށް މިހާރު އަންނަނީ ކޮއްތު ފައިސާ ދެމުންނެވެ. މީގެތެރޭގައި އެއަރޕޯޓްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްއަރިސްޓް ޕޮލިސް ހިމެނެއެވެ.

ބައެއް ފުލުހުންނަށް ދެމުން އަންނަ ކޮއްތު ފައިސާ ކަނޑާލަން ނިންމިކަމަށް ބުނެ ބައެއް ފަރާތްތަކުން އެކަމާއި ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރު ބައެއް ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވާގޮތް މުރާޖާކުރަމުން އަންނަކަމަށެވެ. އަދި މިވަގުތު ކެެއުމުގެ އިންތިޒާމު ހަމަޖެހިފައިވާ މަރުކަޒުތަކުގެ މެސްރޫމުން ހުރިހާ ފުލުހުންނަށް ކެއުމުގެ ކަންކަން ހަމަޖެހޭނެކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވުއެވެ.

ވާޏުވާ

5ގަޑިއިރާ 24 ގަޑިއިރާ ތަފާތު ކުރާ މަސައްކަތާ ނަގާ ރިސްކް ތަފާތު

އައިސާމަނިކެ

ހަބީބު. ދޭން ނުޖެހޭނަމަ ސަރުކާރު މުވައްޒަފުން ރަސްމީ ގަޑިނިމިގެން ގެއަށްނުދާނެ. ދިރިއުޅޭނީ އޮފީހުގަ. އެހެން އުޅެންފަށާ ދުވަހަކު ދޭނެ އެމީހުނަށްވެސް ކާން ބޯން

ޕޮލިސް

ޖެހޭނެ ދޭން ސަރުކާރު މުވައްޒަފުން ރަސްމީ ގަޑި ނިމުނީމަ ނިމުނީ، ހުރިހާ ވަންދެއް ބަންދު.

ޙަބީބު.

ނުޖެހޭނެ ދޭކައް އެހެންވިއްޔާ ސަރުކާރު މުވައްޒަފުން އޮފީހުގަ އުޅެފަވެސް ބަނޑުހައިވީމަ ކާނެ ފައިސާ ދޭންޖެހޭ