ކުޅިވަރު

ކުރިއަށް އޮތް މެޗަށް ހުރިހާ ކުޅުންތެރިން ފިޓް - ޝަކީބް




ފިލިޕީންސްގެ ސްޓެލިއޮން
އެފްސީއާއެކު ކުޅުނު މެޗުގައި ބައެއް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ
ހާނިކަތަކެއްވީނަމަވެސް ހުރިހާ ކުޅުންތެރިންވެސް ކުރިޔަށް އޮތް މެޗަށް ފިޓްކަމަށް
ޤައުމީ ޓީމުގެ ފިޒިޝަން އަޙުމަދު ޝަކީބް ބުނެފި.



މިދިޔަ ހޮނިހިރު ދުވަހު
ސްޓެލިއޮން އެފްސީއާއެކު ކުޅެ ދޭއް ދޭކުން އެއްވަރުވި މެޗުގައި ޓީމުގެ ބައެއް
ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވިއެވެ. އަޙުމަދު ނާޝިދުގެ ފަޔަށް
ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލްކުރަންވެސް ޖެހުނެވެ.



ނާޝިދުގެ ފަޔަށް ގެއްލުމެއް
ވެފައި އިންތޯ ބެލުމަށް އެކްސްރޭ ހަދާފައިވާއިރު އޭގެން އެއްވެސް ގެއްލުމެއް
ވެފައިވާކަމަށް ދައްކާފައިނުވާކަމަށް ޝަކީބް މަޢުލުމާތުދިނެވެ. އެހެންކަމުން
ނާޝިދުއަށްވެސް ކުރިޔަށް އޮތް މެޗުގައި ކުޅެވިދާނެކަމަށް ޝަކީބް ބުންޏެވެ.



ސްޓެލިއޮން އެފްސީ މެޗުގައި އެ
ޓީމުން ކުޅެފައިވަނީ އެހާ ޓަފް ގޭމެއް ނޫންކަމަށް ޝަކީބް ފާހަގަކުރިއެވެ.  އޭގެ ނަތިޖާއެއްގެ ގޮތުން ބޮޑު އަނިޔާއެއް ދިމާ
ނުވީކަމަށްވެސް ޝަކީބް ބުންޏެވެ.



އަނިޔާގެ މައްސަލައެއް ނެތްނަމަވެސް
ކުޅުންތެރިންގެ ފިޓްނަސް ލެވެލް ތަފާތުކަން ޝަކީބް ފާހަގަކުރިއެވެ.