ޚަބަރު

މުޑުވާލިގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ "މުޑުވާލި"ގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މުޑުވާލި ފިހާރައިން ބުނީ ހުޅުމާލޭގައި ހުޅުވި ފިހާރަ ހުންނާނީ ހުޅުމާލެ ރަބަރުގަސް މަހުގެ ފަސް ވަނަ ގޯޅީގައިކަމަށެވެ. އަދި މުޑުވާލިން އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ އެފިހާރައިން ހޯލް ސޭލް އަދި ރީޓެއިލްކޮށް ހުޅުމާލެއާއި މާލެއަށް ވިއްކާނެކަމަށް އެފިހާރައިން މަޢުލޫމާތުދެއެވެ. މުޑުވާލި ހުޅުމާލެ ފިހާރައިން ހޯލްސޭލްކޮށް ތަކެތި ގަންނަ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތްވެސް ދޭނެކަމަށް އެފިހާރައިން ބުނެއެވެ.

މުޑުވާލިއަކީ ކާބޯތަކެތީގެ ގިނަ ބާވަތްތަކަކާއި، ކޮސްމެޓިކްސް އަދި ގޭތެރޭގެ އެކި ބާވަތުގެ މުދާ އެތެރެކޮށް ޑިސްޓްރިބިއުޓްކޮށް ރީޓެއިލްކުރާ ފިހާރައެކެވެ.

ޑުވާލީގެ މާލެ އާއި ހުޅުމާލޭގައި ހުންނަ ފިހާރަވެސް ކޮންމެ ދުވަހަކު ހެދުނު 9:00 އިން ރޭގަނޑު 9:00 ޖަހަންދެން ހުޅުވާފައި ހުންނާނެކަމަށެވެ. މާލޭގައި ހުންނަ މުޑުވާލި ފިހާރަ ހުންނަނީ އޯކިޑް މަގުގައެވެ.