ކުޅިވަރު

އަސަދުﷲއާ މުހައްމަދު ރަޝީދް ލައްވާ ކުޅުވުންއެއީ ރިސްކެއް-އިންމަ


ގައުމީ ޓީމް ޕިލިޕީންސްއަށް މިހާރު ކުރަމުންދާ
ކޭމްޕްގައި މުހައްމަދު ރަޝީދުއާއި އަސަދުއްﷲ އަބްދުއްﷲ ބޭނުން ނުކުރަނީ ކުރިއަށް
އޮތް ސާފް ޗެންޕިއަންޝިޕަށް ރިސްކެއް ނަގަން ބޭނުން ނުވާތީކަމަށް ގައުމީ ޓީމްއާ
މިހާރު ހަވާލްވެގެން ކުރި ކޯޗް އިސްމާޢީލް މަހުފޫޒް ބުނެފި. 

މަހުފޫޒްބުނީ މިއަހަރު
އެފްއޭއެމްގެ އެންމެ ބޮޑު ޓާގެޓަކީ ޑިސެމްބަރު މަހުގައި އިންޑިޔާގައި އޮންނަ ސާފް
ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުންކަމަށެވެ. ޕިލިޕީންސްގައި މިހާރު
ގައުމީ ޓީމް ކޭމްޕް ކުރަމުންދަނީ މިއަންނަ މަހުގެ އަށްވަނަ ދުވަހު ވޯލްޑްކަޕް
ކޮލިފިކޭޝަންގައި ޗައިނާއާ ވާދަކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މަހުފޫޒްބުނީ
ނިއުގެ މުހައްމަދު ރަޝީދުއާއި މާޒިޔާގެ އަސަދުﷲ އަބްދުﷲއަކީ ގައުމީ ޓީމްގެ
ވަރަށް މުހިއްމު ދެ ކުޅުންތެރިންކަމަށާ ހާއްސަކޮށް ސާފް ޗެންޕިއަންޝިޕް ފަދަ
މުބާރާތަކަށް ބަލާއިރު، މިދެ ކުޅުންތެރިންނަކީ ސާފް ޗެންޕިއަންޝިޕް މީގެ
ކުރިންކުޅެ ވަރަށް ތަޖްރިބާ ހުރި ދެ ކުޅުންތެރިންކަމަށެވެ. އަނިޔާގައި ހުރުމުގެ
ސަބަބުން މިދެ ކުޅުންތެރިން މިކޭޕްގައި ބައިވެރި ނުކުރިކަމުގައި ވީނަމަވެސް
އެފްއޭއެމްއިން މިދެ ކުޅުންތެރިންގެ ކަންތަށްތަށް ވަރަށް ގާތުން
ބަލަމުންދާނެކަމަށާ ހާއްސަކޮށް ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް މިދެ
ކުޅުންތެރިންވެސް 100 ޕަސެޓް ފިޓްވާނެކަމަށް އުއްމީދުކުރާކަމަށް މަހުފޫޒްބުންޏެވެ.

ފަލަމަސްގަނޑުގެ އަނިޔާއަށް ބޭސްކުރަމުންދާ މިދެ ކުޅުންތެރިން މިވަގުތު
ބޭނުންކޮށްފިނަމަ، މިއަންނަ މަހުގައި ފަށާ ގައުމީ މުބާރާތްވެސް މިދެ
ކުޅުންތެރިންނަށް ގެއްލުން ގާތްކަމަށްވާއިރު، މިވަގުތަކީ މިދެ ކުޅުންތެރިންނަށް
ރެސްޓް ވަރަށް މުހިއްމު ވަގުތެއްކަމަށްވެސް މަހުފޫޒްބުންޏެވެ.

" މިދެ ކުޅުންތެރިންނަކީވެސް ވަރަށް މުހިއްމު ދެ ކުޅުންތެރިން. ފަލަމަސްގަނޑަށް އަނިޔާވެފަ މިދެ ކުޅުންތެރިންވެސް ތިބީ. މިހާރު މިދެ ކުޅުންތެރިންލައްވާ ކުޅުވައިފިނަމަ، ކުރިއަށް އޮތް ގައުމީ މުބާރާތްވެސް މިދެ ކުޅުންތެރިންނަށް ގެއްލޭނެ. އެހެންވީމަ ގައުމީ މުބާރާތުގެ މެޗްތަކާ ލީގް މެޗްތަށް ލިބި، ރަގަނޅަށް ފަރިތަކުރުންތަށް ކުރިއަށް ގެންދެވިއްޖެނަމަ، މިދެ ކުޅުންތެރިންވެސް ފިޓްވާނެ. ސާފް ޗެންޕިއަންޝިޕް އަމާޒްއަކަށް ވާއިރު، ފަލަ މަސްފަނޑުކަހަލަ ތަނަކަށް އަނިޔާވެއްޖެނަމަ ރެސްޓްވަރަށް ބޭނުންވާނެ." އިސްމާއިލް މަހުފޫޒު ބުންޏެވެ.



މާޒިޔާގެ އަސަދުއްﷲއަށް އަނިޔާވެފައިވަނީ ވޯލްޑްކަޕް
ކޮލިފައިންގައި ޖޫންމަހުގައި ހޮންކޮންގްއާ ދެކޮޅަށް ކުޅުނު މެޗްއެވެ. މިއަނިޔާގެ
ސަބަބުން މިމަހުގެ ކުރީ ކޮޅުގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައިވެސް އަސަދުﷲ ބައިވެރިވެފައެއްނުވެއެވެ. ނިއުގެ މުހައްމަދު ރަޝީދުއަށް
އަނިޔާވެފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމަށްފަހު، ބޭއްވި
ނިއުގެ ފަރިތަކުރުންތަކުގައެވެ.