ޚަބަރު

ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި


ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ދިހަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގޮވާފައިވަނީ ބައިރޫތުގެ މައި ބަނދަރާ ކައިރި ހިސާބެއްގައި ހުންނަ ގުދަނެއްގައެވެ. އެ ގުދަނުގައި ރައްކާކޮށްފައި ހުރީ ބަޑިބޭސްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ގުދަނުގައި އަލިފާން ރޯވެ، ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށާއި އުޅަނދުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގޮވުމުގެ އަސަރު ވަރަށް ދުރަކޮށް، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައްވަނީ އެ ޙާދިޘާއަށްފަހު މީސްމީޑިޔާގައި ޢާންމުވެފައެވެ.

ގުދަނުގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބުނު ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.