ޚަބަރު

އައްޑޫ ރޭޕްކޭސް : ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް


ރޭޕްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގަ އިތުރުބަޔަކު ހިމެނޭކަން، މިހާތަނަށް ތަހުގީގަށް ފާހަނގަކުރެވިނުވާކަމަށާއި އަދި މިހާތަނަށް މިމައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަދަ މައްސަލަތައް ތަހުގީގް ކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ޖިންސީ ޝިކާރައަކަށްވި މީހާ ޑޮކްޓަރަށް ދައްކާފައިވަނީ އައްޑޫ އީކުއޭޓާ ހޮސްޕިޓަލަށެވެ. އޭގެ އިތުރުން، ވިކްޓިމްގެ އިތުރު ޓެސްޓްތައް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.