ޚަބަރު

ޔާސިރު ރަށަށް ފޮނުވާނުލެވުނީ އޭނާ އިންކާރުކޮށް އެއްބާރުލުން ނުދިނުމުން - އިމިގްރޭޝަން


ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާ ބަންދުކުރީ ރާއްޖެއިން ފުރައިގެން ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަން ކޮށްފައި ނުވާތީކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޔާސިރު ޔަހްޔާގެ މަރާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނެެއްގައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ އިތުބާރު ހުރި މައުލޫމާތުތަކަށް ބިނާކޮށް ޔާސިރަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ހުރި ނުރަކައްލެއްކަމަށް ޤަބޫލުކުރެވޭތީ އޭނާގެ ހުއްދަ ބާތިލުކުރުމުގެ އެއްމަސްދުބަސް ކުރިން ރާއްޖެއިން ފުރައިގެން ދިޔުމަށް އެންގިކަމަށެވެ. އިމިގްރޭޝަނުން ވިދާޅުވީ ޔާސިރު އެ އިދާރާއަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް ތިން ފަހެރެއްގެ ތަކްރާރުކޮށް އެންގުމުންވެސް އެކަން ކޮށްފައިނުވާކަމަށެވެ. އެހެންކަމުން އޭނާ ރާއްޖޭގައި އުޅުމުގެ ހުއްދަ 2017 ވަނަ އަހަރުގެ މާރިޗު 2 ވަނަދުވަހު ބާތިލުކޮށް ބިދޭސީން ބައިތިއްބާ ޑިޓެންޝަނުގައި އެނާ ބަންދުކޮށްފައިވާކަމަށް މި ބަޔާނުގައިވެއެވެ.

ޔާސިރު ޔަހްޔާ ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު ދިވެއްސަކާއި ކައިވެނިކޮށްފައި ވާކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައިވެއެވެ. ޓެރަރިޒަމާއި ގުޅުން ހުރި ކަމަކަށް ތުހުމަތުކުރެވޭތީ އެ މުއްދަތުގެ ތެރޭގައި އެނާގެ ހަރަކާތްތައް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަލާ މޮނީޓަރު ކުރަމުން ގެންދިޔަކަންވެސް މި ބަޔާނުގައިވެއެވެ.

ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުތުގައި ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް މި ބަޔާނުގައިވެއެވެ. އަދު ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި މީނާއަކީ އޭނާގެ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއްކަމަށާއި އަދި ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށްފައިވާ މީހެއްކަމަށްވެސް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވަނިކޮށް، ކެއިން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ޞިއްޙީ ޙާލަތު ދަށްވެގެން، ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދީފައިވެއެވެ.

ހަމައެއާއެކު، ޔާސިރު ޔަހްޔާއާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކުރިކަމަށާއި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޔާސިރު ޔަޙުޔާ ބަންދުކުރެވިފައި ހުރި މުއްދަތުގައި އޭނާއާމެދު އަމަލުކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުންބެއްވުމަށާއި ކެއިންބުއިމާއި ހުރުމުގައިވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށްކަމަށް މިބަޔާނުގައިވަނީ ހާމަކޮށްފައެވެ.

ޔާސިރު ޔަހްޔާއާ ގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދީފައިވާނެކަމަށާއި އޭނާ ރާއްޖެއިން ފުރުވާލުމަށްބޭނުންވާ ޓްރެވަލް ޑޮކިއުމެންޓްވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ހޯދުމަށް އެކިފަހަރުމަތިން ތަކުރާރުކޮށް ކުރި މަސައްކަތަށް ޔާސިރު ޔަހުޔާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ، "އިންވޮލަންޓަރިލީ" އޭނާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައިވާކަމަށް ތިން ޢިދާރާ ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

އިމިގްރޭޝަނާ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުންވެސް ވިދާޅުވެފައިވަނީ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ނުދިނުމުންކަމަށެވެ.

އަބްދުﷲ

މަވެސް ދެން އިންޑިއާ އަށް، އޮސްޓްރޭލިއާ ނުވަތަ އެމެއިކާ އަށް ގޮސް ނާންނާނަން. އިންވޮލަންޓްރީ ކޮށް މަޢުލޫމާތު ނުދިނީމަ ނިމުނީތާ.... 1. މީނާގެ ބެކްގްރައުންޑް ނޭގިބާ މީނާ އަށް ވޯކް ވިސާ ދިނީ ؟ 2. މީނާ އަކީ ޓެރަރިސްޓެއްކަން ސާބިތު ކުރެވުނުބާ ނުވަތަ އެއީ ތު ހުމަތެއް ބާ ؟