ކުޅިވަރު

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރިއަލްމެޑްރިޑްވެސް މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާއާއި ރިއަލްމެޑްރިޑްވެސް މޮޅުވެއްޖެއެވެ. ލީގުގައި ރޭ ބާސާ މަލާގާއާއި ވާދަކޮށް މެޗު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. ބާސާ މެޗުން މޮޅުކޮށްދިނީ ތޯމަސް ވާމެލައެންއެވެ. ފާއިތުވި ސީޒަންގައި މަލާގާގެ ގޯލް ހުޅުވާލުމުގައި ބާސާ ވަނީ ނާކާމިޔާބުވެފައެވެ. އާސެނަލްގެ ކުރީގެ ޑިފެންޑަރ ރޭ ބާސާއަށް ލަނޑު ޖަހައިދިނީ މެޗުގެ ހަތްދިހަ ދެވަނަ މިނިޓްގައެވެ. ދެ މެޗުން ހަ ޕޮއިންޓާއެކު ބާސާ އޮތީ ތާވަލްގެ ދެ ވަނައިގައެވެ.ވާދަވެރި ރިއަލްމެޑްރިޑުން ވަނީ ރޭ ރިއަލްބެޓިސް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މީގެތެރެއިން ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖެހީ ގެރެތް ބޭލްއެވެ.  އަދި ހަމޭސް ރޮޑްރިގޭޒްވެސް ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ ބެންޒިމާއެވެ.ދެ މެޗުން ހަތަރު ޕޮއިންޓާއެކު ރިއަލް އޮތީ ތާވަލްގެ ތިން ވަނައިގައެވެ.