ވިޔަފާރި

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބާއްވަނީ


އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ 2019 އަހަރުގެ އަހަރީ ރިޕޯޓް ޕަބްލިޝްކޮށް، ކުންފުނީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޖަލްސާ ބާއްވާނެ ތާރީޚެއް، ޖަލްސާގެ ނޯޓިސްއާއެކު އާއްމުކުރާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ރިޕޯޓާއި ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތަކުގެ ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯއިން އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިހާތަނަށް ނެރެފައެއް ނުވެއެވެ.